ޓޫރިސްޓް ހޮޓަލެއް ހެދުމަށް އެޗްޑީސީއާ އެކު މީގެ 15 އަހަރު ކުރިން ސޮއިކުރި އެސްޓީއޯގެ 15 ބުރީގެ ހުޅުމާލެ ހޮޓާ ނުނިމި ދިގުލައިގެން ގޮސް އެންމެ ފަހުން އެ ހޮޓާ އާބަންކޯ އަށް ދޫކޮށްލަން އެސްޓީއޯ އިން ނިންމައިފި އެވެ.

އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވީ އާބަންކޯ އަށް ހޮޓާ ދޫކޮށްލުމަށް ސެޓްލްމެންޓް އެގްރީމެންޓެއްގައި މިހާރު ސޮއިކޮށްފައިވާ ކަމަށެވެ.

އާބަންކޯގެ ވިސްނުން ހުރީ ބޭރު އިންވެސްޓަރަކަށް ދީގެން އެތަން ތަރައްޤީކޮށް ފަސްތަރީގެ ހޮޓަލެއްގެ ގޮތުގައި ހިންގުމަށެވެ.

އެސްޓީއޯއިން އެންމެ ފުރަތަމަ މި ހޮޓާ ތަރައްޤީކޮށް ހިންގުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ، އެމެރިކާގެ ކާލްސަން ހޮޓެލް ގްރޫޕާ ގުޅިގެން 2008 ވަނަ އަހަރެވެ. އެސްޓީއޯއިން ތަރައްޤީކުރުމަށް ނިންމި މި ސިޓީ ހޮޓަލަކީ 250 ކޮޓަރި ހިމެނޭ ފަސް ތަރީގެ ހޮޓަލެކެވެ.

މި ހޮޓަލުގެ ސްޓްރަކްޗާ މަސައްކަތް ވަނީ ނިންމައިފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *