ހިޔާ ފްލެޓުތަކުގެ އިމާރާތެއްގެ ފާރު ތަޅާލައި ދެ އެޕާޓްމަންޓް އެއްކޮށްލި މައްސަލައިގައި އެ ތަނުގެ ވެރިންގެ އަތުން އެ ދެ ފްލެޓް އަތުލުން ހުއްޓުވަން އަމުރު ނެރެދެވެން ނެތްކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

ދެ ފްލެޓް އެއްކުރި މައްސަލައިގައި އެތަން އަތުލަން ނިންމީ ކުރިން ހުރި ގޮތަށް ތަން އިޔާދަކުރަން ދިން މުހުލަތުގެ ތެތޭގައި އެކަން ނުކުރުމާއި ދެ ފްލެޓްގެ ވެރިން 200،000ރ. ކުރި ޖޫރިމަނާ ވެސް ނުދެއްކުމުންނެވެ. އެހެންވެ އާބަންކޯ އިން ފަހުން އެންގީ 14 ދުވަހުގެ ތެރޭގައި ތަން ހުސްކޮށް، މާދަމާ އެތަން ހަވާލުކުރުމަށެވެ.

އާބަންކޯއިން ދެ ފުލެޓު ހުސްކުރަން އެންގުމުން އެ ދެ ތަނުގައި ދިރިއުޅޭ ފަރާތްތައް ކަމަށްވާ އަހްމަދު ޝަމާލް، މަރިޔަމް ޝާނީޒް އަދި ޒުލައިހާ ސަލްވާ ވަނީ އާބަންކޯ އިން ފުލެޓު އަތުލުން ހުއްޓުވުގެ އަމުރަކަށް ސިވިލް ކޯޓުގައި އެދިފައެވެ.

ސިވިލް ކޯޓުގެ ނިންމުމުގައިވަނީ ކަން ހިނގި ގޮތަށް ބަލާއިރު ފްލެޓްތަކުގެ ވެރިފަރާތްތަކުގެ ހިމާޔަތް ކުރަންޖެހޭ ހައްގެއް މިވަގުތު ފެންނަން ނެތް ކަމަށެވެ. އަދި އެ އަމުރަށް އެދިފައިވަނީ ފްލެޓް އެއްބަސްވުމާއި އެއްމެދު އިމާރާތުގެ ގާނޫނާ އެނގި ހުރެ ހިލާފަށް ކަންކަން ކުރުމަށްފަހު ކަމަށްވާތީ ވަގުތީ އަމުރަށް އެދުމުގެ ހައިސިއްޔަތު އެ ފަރާތްތަކަށް ލިބިގެން ނުވާ ކަމަށެވެ.

ކޯޓުގެ ނިންމުމުގައިވަނީ ކަން ހިނގި ގޮތަށް ބަލާއިރު ފްލެޓްތަކުގެ ވެރިފަރާތްތަކުގެ ހިމާޔަތް ކުރަންޖެހޭ ހައްގެއް މިވަގުތު ފެންނަން ނެތް ކަމަށާ ވަގުތީ އަމުރު ނުނެރުނަސް, އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމަށް ނުފެންނަ ކަމަށެވެ.

ފްލެޓް އެއްބަސްވުމުގައި އޮތްގޮތުން ފްލެޓްގެ ފާރުތައް ތެޅުމަކީ މަނާ ކަމެކެވެ.

އާބަންކޯ އިން ބުނީ ކޯޓަށް ހުށަހެޅި ނަމަބެސް ކުންފުނީގެ ނިންމުން ބަދަލެއް ނުވާނެ ކަމަށެވެ. އަދި ހިޔާ ފްލެޓް ހަވާލުކުމުގައި ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *