ނ. ކެނދިކުޅުދޫ އާއި ހއ. ފިއްލަދޫ މަގުހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮމަންޓް ކޯރޕަރޭޝަން، އާރްޑީސީއާއި ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝެނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫޤެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މޫސާ ޢަލީ މަނިކެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކޮށްފައިވާ މި ދެ މަޝްރޫޢުގެ ތެރެއިން ކެނދިކުޅުދޫ މަގުތައް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ތާރު އަޅައިގެންނެވެ.

މި މަޝްރޫޢުގެ ދަށުން ކެނދިކުޅުދޫގެ 3.7 ކިލޯމީޓަރުގެ މަގު ތާރުއަޅާ ތަރައްޤީކުރާނެއެވެ. އަދި މަގުތަކުގައި ފެންހިންދާ ނިޒާމު ޤާއިމުކޮށް މަގުބައްތި ޖެހުމުގެ މަސައްކަތް ކުރާނެއެވެ.

މި މަޝްރޫޢަށް 90.8 މިލިއަން ރުފިޔާ ޚަރަދުވާއިރު، މަޝްރޫޢު ނިންމުމަށް އެކުންފުންޏަށް ދީފައިވަނީ 540 ދުވަހުގެ މުއްދަތެކެވެ.

ހއ. ފިއްލަދޫ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން އެރަށު ބަނދަރު ސަރަޙައްދުގެ މަގުތައް ހެދިގެންދާނެއެވެ. އެގޮތުން ޖުމްލަ 1.1 ކިލޯ މީޓަރުގެ މަގު ހެދުމާއި، މަގުތަކުގައި މަގުބައްތިޖެހުމުގެ މަސައްކަތް މި މަޝްރޫޢުގެ ދަށުން އެކުންފުނިން ކުރާނެއެވެ.

ޕްލޭނިންގ މިނިސްޓްރީން ބުނީ މި މަސައްކަތް ނިންމުމަށް 240 ދުވަހުގެ މުއްދަތެއް ދީފައިވާއިރު، މިއީ 29.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެއް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *