މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ގައިދީން އަނބުރާ މުޖުތަމައައް ގެނައުމަށް ކަމަށާ އެކަމަށްޓަކައި ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހަންމަދު ފުޅު ވިދާޅުވެއްޖެ އެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް މިހެން ވިދާޅުވީ ގައިދީންނަކީ މުޖުތަމައަށް ބޭނުންހިފޭ ބަޔަކަށް ހެދުމަށްޓަކައި ކަރެކްޝަނަލް ސަރިވސް އިން ހުޅުވި އިންމޭޓްސް ކްރިއޭޓިވިޓީ ފެއަރ 2023 ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހަންމަދު ފުޅު ވިދާޅުވީ، ޖަލުތަކުގައި ތިބި މީހުންނަކީ ވަރަށް އިނޮވޭޓިވް ރަނގަޅު ޒުވާނުންކަމަށާއި ބޭނުމަކީ ޖަލުތަކުގައި ތިބި ހުރިހާ ގައިދީން މުޖުތަމައުން ބާކީނުކޮށް އަލުން އަނބުރާ މުޖުތަމައަށް ގެނައުން ކަމަށެވެ. އަދި މިއީ ހަޔާތުގެ ވަގުތުތައް ބޭކާރު ކޮށްނުލައި އާއިލާއާ އެއްކޮށް އުފާވެރިކޮށް އުޅެންޖެހޭ ދުވަސްތައް ކަމުގައި ކޮމިޝަނަރ ވިދާޅުވިއެވެ.
ކޮމިޝަނަރ ވިދާޅުވި ގޮތުގައި ތަފާސްހިސާބް ތަކުން ދައްކާ ގޮތުން ޖަލުތަކުގައި ގައިދީންގެ ގޮތިގައި އެންމެ ގިނައިން ތިބީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި މީހުންނެވެ. ސަރުކާރުން މިހާރުވެސް ދަނީ ގައިދީންނަށް މުޖުތަމާއާއި އެކު އުޅެވޭނެ މަގު ފަހި ކޮށްދިނުގެ މަސައްކަތް ކުރަމުންކަން ފާހަގަކުރައްވާ ކޮމިޝަނަރ ވިދާޅުވީ މި މުޖުތަމައަކީ ކުށްމަދު މުޖުތަމައަކަށް ހެދުމަށްޓަކައި މުޅި މުޖުތަމައުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
މި ވޭތުވެދިޔަ އަހަރުތެރޭގައި ޕްރޮގުރާމްތަކެއް ހިންގާ ގައިދީންގެ ތެރެއިން 32 ގައިދީއަކު މުޖުތަމައަށް ދޫކުރެވިފަވާ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އެގޮތުން އޭގެތެރެއިން ގިނަ ބަޔަކު މިވަގުތު ވަރަށް ހަރުދަނާ ބައެއްގެ ގޮތުގައި ތިބިކަމަށާ ނަމަވެސް މަދުބަޔަކު ވަނީ އަލުން އަނބުރާ ޖަލަށް ގެނެވިފަ ކަމަށް އޭނާ ވިދާޅުވިއެވެ.
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *