އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް - ފޮޓޯ: ޑޮކްޓަރއެމްވީ

އައްޑޫ ސިޓީ މަރަދޫ ފޭދޫ ގެއެއްގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ޒުވާނަކު މަރުވި މައްސަލަ  އާއި ގުޅިގެން ޒުވާނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރު ކުރީ 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މި ހަމަލާގައި މަރުވެފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަށް ހަމަލާދީފައިވާކަމުގެ ރިޕޯޓް ލިބުނީ ރޭ 23:38 ހާއިރު ކަމަށާއި އަނިޔާވި މީހާ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް އަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މައުލުމާތު ލިބިފައިވާ ގޮތުގައި މި ހަމަނުޖެހުން ހިނގާފައިވަނީ ކޮއްކޮ އަކާއި ބޭބެއެއްގެ ދެމެދުގައެވެ. އަދި މަރުވި މީހާގެ ފުރަމެއަށް ވަޅިން ހަމަލާދީފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *