މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ހެޑް އޮފީސް މާފަންނު ރޭޑިއޯ ބިލްޑިންގ އަށް ބަދަލުކުރުމަށްފަހު މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

އެމްސީއެސްގެ ހެޑް އޮފީސް ވޭތުވެ ދިޔަ 11 އަހަރު ހިންގާފައިވަނީ މާލޭގެ އެންމެ ގިނަ ދުވަސްވި އޮފީސް އިމާރާތްކަމުގައިވާ ޣާޒީ ބިލްގިންގ އިންނެވެ. އެމްސީއެސްގެ ހެޑް އޮފީސް ޣާޒީ ބިލްޑިންގ އިން ބަދަލުކުރީ ޣާޒީ ބިލްޑިންގ ބާވެ، ސަރުކާރުން އެ ބިލްޑިންގ ހުސްކުރަން އެންގުމާ ގުޅިގެންނެވެ.

މިއަދު ހެނދުނު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ހެޑް އޮފީސް ރަސްމީކޮށް ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅުއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސްގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާޞިފް، ސުޕްރިންޓެންޑެންޓް އިބްރާހިމް ނާޝިދް، ސުޕްރިންޓެންޑެންޓް މޫސާ އަންވަރު، މާލޭ ޖަލުގެ ޑައިރެކްޓަރ ޑީއެސްޕީ އަލްއުސްތާޛް މުޙައްމަދު ތަލާލް އަދި ހެޑް އޮފީހުގެ އޮފިސަރުންނާއި މުވައްޒަފުން މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ ޣާޒީ ބިލްޑިންގ ބާވެ، އެތައް މައްސަލައެއް ކުރިމަތިވަމުންދާތީ އެކަންކަމަށް ހައްލެއް ލިބޭތޯ މަސައްކަތްކުރަމުން ދިޔަނަމަވެސް، މިފަދައިން އެހެން އިމާރާތަކަށް ބަދަލުވުމަކީ މިއަރަހު އެއްވެސް ގޮތަކަށް ރާވާފައިވާ ކަމެއްނޫން ކަމަށާއި ކުއްލިއަކަށް އެފަދަ ބޮޑު ކަމެއް ކުރަންޖެހުމުން އަދި ހެޑް އޮފީސް ބަންދުކުރަން ޖެހުމުން ބޮޑެތި ގޮންޖެހުންތަކާ ދިމާވި ކަމަށެވެ.

އަދި އެއް މަސް ތެރޭގައި އަޑު ބިލްޑިންގއަށް ބަދަލުވެ، ރަސްމީކޮށް މަސައްކަތް ފެށިގެން ދިއުމާ ހިސާބަށް ހެޑް އޮފީހުގެ އޮފިސަރުންނާއި މުވައްޒަފުން ހީވާގި ކަމާއެކު މަސައްކަތްކުރަމުން ދިޔައިރު ފެނުނީ ކޮމިޝަނަރގެ ހަޔާތުގައި މީގެ ކުރިން ނުފެންވަރުގެ އެކުވެރިކަމާއި އެއްބައިވަންތަކަން ކަމުގައި ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. އަދި ރަސްމީ ވަގުތުގައި އޮފިސަރުންނާއި މުވައްޒަފުން ރަސްމީ މަސައްކަތްކުރުމުގައި ވަގުތު ހޭދަކުރުމަށް ކޮމިޝަނަރ އިލްތިމާސް ކުރެއްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *