ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބޭނުންވާ 3560 މީހުންގެ މެންބަރޝިޕް ފޯމު އިލެކްޝަންސް ކޮމިޝަނާއި ހަވާލުކޮށްފިއެވެ.
ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބޭނުންވާ މެންބަރުންގެ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު އެވެ. އެ ފޯމުތަކާއި ހަވާލުވެވަޑައިގެންނެވީ އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބެވެ.
ދަ ޑިމޮކްރެޓްސް އަކީ އެމްޑީޕީން ވަކިވި މެންބަރުންތަކެއް އުފައްދާފައިވާ އާ ސިޔާސީ ޕާޓިއެކެވެ. އެ ޕާޓީ އުފެދިގެން އައީ އެމްޑީޕީން މިއަހަރު ބޭއްވި ރިޔާސީ ޕްރައިމަރީގައި ނާކާމިޔާބުވެވަޑައިގެންނެވި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި "ފިކުރެއްގެ ދިރުން" ހަރަކާތުންނެވެ.
މިވަގުތު ދަ ޑިމޮކްރެޓްސް އިން މަސައްކަތް ކުރަމުން އަންނަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް އެޕާޓީން ކެންޑިޑޭޓަކު ނެރުމަށެވެ. އެ ޕާޓީ ހިންގަމުން އަންނަނީ ގ. ބޮޑުފެންވަޅުގޭގައެވެ.