ރ. އަތޮޅަށް ދަތުރުކުރަމުންދިޔަ ބޯޓެއް ދިޔަވަމުންދާތީ އެމްއެންޑީއެފްގެ ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އާލާ ބޯޓަށް ސިފައިން އެހީތެރިވަނީ - ފޮޓޯ: އެމްއެންޑީއެފް

މާލެއިން ފުރައިގެން 15 މީހުނާއެކު ރ.އަތޮޅަށް ދަތުރުކުރަމުންދިޔަ "އާލާ" ނަމަކަށް ކިޔާ ބޯޓަކަށް ދިޔަވަމުން ދާތީ އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް މީގެ ކުޑައިރުކޮޅެއް ކުރިން މީޑިއާތަކަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވާފައިވެއެވެ.

މާލެއިން ފުރައިގެން 15 މީހުނާއެކު ރ.އަތޮޅަށް ދަތުރުކުރަމުންދިޔަ "އާލާ" ބޯޓު ފެތިފައި - ފޮޓޯ: އެމްއެންޑީއެފް

އެމްއެމްޑީއެފުން ބުނީ މިހާރު އެބޯޓުގައި ތިބި 15 މީހުން ސީއެމްބިއުލާންސްގައި ބ. އޭދަފުއްޓަށް ގެންގޮސްފައިވާ ކަމަށެވެ. އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

މި ބޯޓަކީ މާލެއިން މުދާ ބަރުކޮށްގެން ރ. އަތޮޅުގެ ރަށްތަކަށް ދަތުރުކުރަމުން ދިިޔަ ބޯޓެކެވެ. މިއަދު މެޓް އޮފީހުން ވަނީ ބ. އަތޮޅުން ފެށިގެން ދ އަތޮޅާއި ހަމައަށް މޫސުން ގޯސްވެ ވައިބާރުވެ ކަނޑުތައް ގަދަވާނެތީ ހުދު ސަމާލުވެސް ނެރެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *