ހޮޅުދޫ މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުން - ފޮޓޯ: އާރްޑީސީ

ނ. ހޮޅުދޫ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ދަށުން ގާތްގަނޑަކަށް 4.3 ކިލޯ މީޓަރުގެ މަގު ހެދުމުގެ އަމަލީ މަޝްރޫއު އިއްޔެ ފަށައިފިއެވެ.

މި މަޝްރޫޢުގެ މަސައްކަތް ފެށުމަށް އިއްޔެ ވަނީ ހޮޅުދޫގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މަޝްރޫޢުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވާ ދެއްވީ އާރްޑީސީގެ އެމްޑީ އާއި ހޮޅުދޫ ކައުންސިލްގެ އިސްވެރިންނެވެ.

މި މަޝްރޫއުގެ ދަށުން ހޮޅުދޫގެ 17 މަގެއްގައި ތާރު އަޅާނެއެވެ. މިއީ 71،0889،120.65 (ހަތްދިހަ އެއް މިލިއަން އަށްސަތޭކަ އައްޑިހަ ނުވަހާސް އެއް ސަތޭކަ ވިހި ރުފިޔާ ފަސްދޮޅަސް ފަސް ލާރި) އަށް 450 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ސަރުކާރުން އާރްޑީސީ އާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ނ. ހޮޅުދޫ މަގު ހެދުމުގެ މަޝްރޫއު ފެށުން - ފޮޓޯ: އާރްޑީސީ

އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލިމަނިކު ވިދާޅުވީ މި މަޝްރޫގެ ދަށުން  މަސައްކަތްކުރާ ސައިޓް އެޅުމުގެ %95، ކަރބް ސްޓޯން ކާސްޓް ކުރުމުގެ %55، ކޭބަލް ޖަންކްޝަން ކާސްޓް ކުރުމުގެ %55 އަދި ސްޓޯރމް ވޯޓަރ ރޭންކް ކާސްޓު ކުރުމުގެ %18 މިހާރު ވަނީ ނިމިފައި ކަމަށެވެ.

މި މަޝްރޫއު އެ ކުންފުންޏަށް އެވޯޑު ކުރެވިފައިވަނީ 31 އޮކްޓޫބަރު 2022 ގައެވެ. މަގު ހެދުމުގެ ކުރިން ކުރަންޖެހޭ ސާވޭތައް ޑިސެމްބަރު 2022 ގައި އެރަށުގައި ކުރިޔަށް ގެންދިއެވެ. އަމަލީ މަސައްކަތްތަށް ފެށުނީ އޭގެ ކުރިން ނިންމަންޖެހޭސާވޭތަކާއި އެނޫންވެސްކަންކަމަށް މިނިސްޓްރީގެ ހުއްދަ ލިބުމުންކަމަށް އާރްޑީސީން ބުނެއެވެ.

އާރުޑީސީއިން ބުނީ، ހޮޅުދޫ މި ފެށި މަޝްރޫޢުތަކާ ގުޅިގެން މަސައްކަތައް ނެގޭ ފަރާތްތަކަކީ އެ ރަށަކުން ނުވަތަ އެ ސަރަހައްދަކުން ވަޒީފާއައް ނެގޭ ދިވެހިންނަށް ހެދުމަށް ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކެކޭ އެއްގޮތަށް އާރްޑީސީ އިންވެސް ބޮޑު ސަމާލުކަމެއް ދޭނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *