ލޯފަން މީހުންނަށް އިންތިހާބުތަކުގައި އަމިއްލައަށް ވޯޓުލެވޭގޮތް ފަހިކުރުމަށް އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަން ނިންމައިފިއެވެ.
މި ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރެއްވީ 63 މެންބަރުންގެ އިއްތިފާގުންނެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުން ވިދާޅުވީ މި ބިލު އަންނަ ހަފްތާގެ ޖަލްސާއަކަށް އެޖެންޑާ ކުރައްވާނެ ކަމަށެވެ.