ޑަބްލިއު އެޗްއޯއިން ވިއްކުން މަނާކޮށްފައިވާ، އިންޑިއާގައި އުފައްދާފައިވާ ބޭސްތަކެއް

31 ޖޫން 2023 އިން ފެށިގެން ރާއްޖެ އިމްޕޯޓް ކުރާ ޕެރެސެޓަމޯލް އަދި ކެއްސުމާއި ރޯގާއަށް ބޭނުންކުރާ ދިޔާ ބޭހުގެ ކޮންމެ ބެޗަކަށް، ވޯލްޑް ހެލްތް އޮގަނައިޒޭޝަންގެ ޕްރީކޮލިފައިޑް ލެބޯރެޓަރީ އަކުން ހަދާފައިވާ ލެބޯރޓްރީ ތަހުލީލްތައް ހުށަހަޅަން ޖެހޭނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކަނޑައަޅައިފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު ގެޒެޓްކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ Diethylene Glycol އަދި Ethylene Glycol އަޅާފައި ހުންނަ ޕެރެސެޓަމޯލް އަދި ކެއްސުމާއި ރޯގާއަށް ބޭނުންކުރާ ދިޔާ ބޭސް ރާއްޖެ އެތެރެނުކުރެވޭނެ ކަމަށާއި، ޕެރެސެޓްމޯލް އާއި ކެއްސުމަށް ރޯގާއަށްދޭ ދިޔާ ބޭސް އެތެރެ ކުރާއިރު އެ ދެމާއްޗާ ނުހިމެނޭކަން ކަށަވަރުވާ ލިޔުންތައް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ދެ އެލާޓަކާއި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ދެ އެލާޓަކާ ހަވާލާދީ އެމްއެފްޑީއޭ އިން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެލާރޓް ތަކުގައި ބަޔާން ކުރެވިފައިވާ ފަދައިން ދެކުނު އިރުމަތީ އޭޝިއާގައި ދައުރުވަމުންދާ ކުޑަކުދިންނަށް ދޭ ޕެރެސެޓަމޯލް އަދި ކެއްސުމާއި ރޯގާއަށް ބޭނުންކުރާ ދިޔާ ބޭހުގައި Diethylene Glycol” އަދި “Ethylene Glycol ހިމެނިފައިވާ ކަމަށެވެ.

އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، 31 ޖޫން 2023 އިން ފެށިގެން ރާއްޖެ އިމްޕޯޓް ކުރާ ޕެރެސެޓަމޯލް އަދި ކެއްސުމާއި ރޯގާއަށް ބޭނުންކުރާ ދިޔާ ބޭހުގެ ކޮންމެ ބެޗަކަށް، ވޯލްޑް ހެލްތް އޮގަނައިޒޭޝަންގެ ޕްރީކޮލިފައިޑް ލެބޯރެޓަރީ އަކުން ހަދާފައިވާ ލެބޯރޓްރީ ތަހުލީލް (އޭގައި "diethylene glycol and ethylene glycol” ނުހިމެނޭ ކަން ކަށަވަރު ކުރާ) ރިޕޯޓްހުށަހަޅަން ޖެހޭނެ ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެއެވެ.

މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރ: 7200321 އަށް އިން ލިބޭނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *