ދަރުމަވަންތަ ހޮސްޕިޓަލް -- ފޮޓޯ: ނިމާ ހަސަން / ޖަޒީރާ

އައިޖީއެމްއެޗްގައި ހިތާނު ކުރަން ބޭނުންވާ ކުދިންނަށް މާދަމާ (ބުރާސްފަތި) އިން ފެށިގެން ނަންނޯޓް ކުރުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗްއިން ބުނީ އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ޙިތާނު ކުރުމުގެ ހިދުމަތް އެދެވޭ ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި 1 ޖޫން އިން ފެށިގެން ޙިތާނުކުރުމަށް ނަންނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

ނަން ނޯޓް ކުރުން ކުރިއަށްދާނީ އޯ.ޕީ.ޑީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 ން މެންދުރުފަހު 2:00ށް ދަރުމަވަންތަ ހޮސްޕިޓަލުގެ ތިންވަނަ ފަންގިފިލާގައި ހުންނަ ސާރޖަރީ ކައުންޓަރުން ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

މިބުރު އެ ހޮސްޕިޓަލުން ޙިތާނު ކުރުމަށް ހަމަޖެހިފައިވާ ކުދިންގެ އަދަދަކީ 405 ކަމަށްވާތީ މި އަދަދު ހަމަވުމުން ނަންނޯޓުކުރުން ހުއްޓާލެވޭނެ ކަމަށްވެސް އައިޖީއެމްއެޗްއިން ބުނެއެވެ.

ޙިތާނު ކުރުން ކުރިއަށް ދާނީ 24 ޖޫން 2023 އިން ފެށިގެން 31 ޖުލައި 2023 ގެ ނިޔަލަށެވެ. އެޕޮއިންޓްމެންޓް ހަމަޖެހޭނީ ނަންނޯޓުކުރާ ތަރުތީބުން ކަމަށްވެސް އައިޖީއެމްއެޗް އިން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *