ސަރުކާރުގެ ޕީއެސްއައީޕީ ބަޖެޓުން ޚަރަދުކޮށްގެން ށ.ކޮމަންޑޫގައި އަޅާ 30 ހައުސިންގ ޔުނިޓްގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، އާރްސީސީ އާއި ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓަރަކްޗަގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި ސޮއި ކުރެއްވީ ހައުސިންގ ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް އަޙުމަދު ވިޝާން ނަސީމެވ.ެ އަދި އާރްސީސީގެ ފަރާތުން ސޮއި ކުރެއްވީ ޕްރޮޖެކްޓްސް ޑިރެކްޓަރ އާދަމް ރަޚީމްއެވެ.
ސާޅިސް މިލިއަން ނުވަ ލައްކަ ތޭވީސް ހާސް އަށްސަތޭކަ ސާޅީސް އަށްރުފިޔާއަށް އާރްސީސީއާއި މިމަސައްކަތް ހަވާލުކޮށްފައިވަނީ 300 ދުވަހުގެތެރޭގައި ނިންމާ ގޮތަށެވެ.
މި މަޝްރޫޢުގެ ދަށުން އަޅަނީ 700 އަކަފޫޓުގެ ދެ ބުރީގެ 30 ރޯހައުސްއެވ.ެ އެގޮތުން ކޮންމެ ޔުނިޓެއްގައި ހިމެނޭނީ 3 ކޮޓަރ،ި 3 ފާޚާނ،ާ ސިޓިންގ ރޫމ،ް ބަދިގ،ެ ކާގ،ެ ލޯންޑަރީ އަދި ސްޓޯ ރޫމެއް ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވ.ެ
މިނިސްޓްރީން ބުނީ އިމާރާތުގެ ވަށާފާރާއ،ި ހައުސިންގ ޔުނިޓް ތަކުގައި ދިރިއުޅޭ ފަރާތްތައް ހިތްފަސޭހަ މާހައުލެއް ގާއިމް ކުރުމަށްޓަކާ ޔުނިޓްތައް ވަށައިގެން އަލިކުރެވިގެން ދާނެއެވ.ެ އަދި ޕާރކަކާއި ވެހިކަލް ޕާރކް ކުރާނެ ސަރަހައްދެއް ގާއިމް ކުރެވިގެންދާނެ ކަމަ.ށެވެ.