ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސްޓެލްކޯގެ މައި ކޭބަލަކަށް ގެއްލުންވެ ކަރަންޓުގެ ޚިދުމަތް މެދު ކެނޑުނު ސަރަހައްދުތަކަށް ކަރަންޓުގެ ޚިދުމަތް އަލުން ދީފިއެވެ.

ސްޓެލްކޯއިން ބުނީ ފޭސް ދޭކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނީ ވިނަރެސް ފްލެޓްތަކާއި ދިމާލުން ކޮނުމުގެތެރޭ ޑިސްޓްރުބިއުޝަން މައި ކޭބަލަކަށް ލިބުނު ގެއްލުމަކާއި ގުޅިގެން ކަމަށެވެ.

ސްޓެލްކޯއިން ބުނީ ގެއްލުންވެފައިވާ ކޭބަލް މަރާމާތު ކުރުމަށްފަހު މިހާރު ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދީފައިވާ ކަމަށެވެ.

ސްޓެލްކޯ އިން ބުނީ ހުޅުމާލޭގައި ކޮނުމުގެ މަސައްކަތް ކުރާ ކޮންޓްރެކްޓަރުންނަށް ކޭބަލް ރޫޓްތަކާއި ގުޅުންހުރި ހުރިހާ މައުލުމާތެއް ވާނީ ފޯރުކޮށްދީފައި ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *