ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު

އިތުބާރު ނެތްކަމުގެ މައްސަލައިގައި ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ލިޔުމުން ޖަވާބު ދެއްވާފައިވާތީ، އެއާމެދު އަމަލުކުރާނޭ ގޮތެއް ސާފުކުރުމަށް ސުޕްރީމް ކޯޓުގެ ލަފައެއް ހޯދުމަކީ އެދޭގޮތްކަމަށް މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފައިވާއިރު އެމަނިކުފާނު ޖަވާބުދާރީ ވެވަޑައިގެންނެވީ ލިޔުމުންނެވެ.

މި މައްސަލައިގަ ބަންޑާރަނައިބު މަޖިލިހަށް ހާޒިރުވާނެ ކަމަށް ބަލައިގެން، އާންމު ކޮމިޓީން ކަންކުރާނެ ގޮތް ނިންމާފައިވީނަމަވެސް ލިޔުމުން ޖަވާބުދާރީވާ ހާލަތުގައި އަމަލުކުރާނޭ ގޮތެއް ނިންމާފައެއް ނުވެއެވެ.

އެހެންކަމުން މައްސަލަ ކުރިއަށް ގެންދާނެ ގޮތަކާމެދު މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާކުރުމަށް މަޖިލިސް މެދުކަނޑާލިއެވެ. އޭގެފަހުން މަޖިލީހުގެ ޖަލްސާ ފައްޓަވާ ރިޔާސަތު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މެދުގައި ކުރިއަށްދިޔަ މަޝްވަރާއިން ނަތީޖާއެއް ނުލިބުނު ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރެވިއްޖެ. އެމްޑީޕީ، ޕީޕީއެމް، ޕީއެންސީ، އެމްއެންޕީ މި ޕާޓީތަކުގެ ލީޑަރުންނާ އެކުގައި ކުރެވުނު މަޝްވަރާއިން ނަތިޖާއެއް ނުލިބުނު،"

ވަޒީރުން ޖަވާބުދާރީ ވެވަޑައިގަންނަވަން ޖެހޭނީ މަޖިލީހަށް ހާޒިރުވެގެން ކަމަށް ޕީޕީއެމް އާއި ޕީއެންސީ އަދި އެމްއެންޕީން ދެކޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެ ޕާޓީތަކުން ދެކޭގޮތުގައި ޤާނޫނުއަސާސީ ގައި ލިބިދީފައިވާ ހައްޤަކީ ކިތާބީ ހެއްކާ އެކުގައި މިތަނުގައި ޖަވާބުދާރީ ވުން ކަމަށާއި ޖަވާބު ދާރީނުވެ މިކަން ކުރިއަށްދާގޮތަަށް ޤާނޫނުއަސާސީގައި އޮތްކަމަށް އެ ބޭފުޅުން ނުދެކޭކަމަށެވެ.

މި ބާވަތުގެ ކަންކަމުގައި އަޅުގަނޑު ޖެހޭނީ އިސްތިޝާރީ ލަފާއެއް ހޯދަން. ގާނޫނު އަސާސީ މާނަކުރެވުނުއިރު ނުވަތަ އެކުލަވާލެވުނުއިރު އޮތް ގޮތާއި މިބާވަތުގެ ގާނޫނީ ވާހަކަތައް އަޅުގަނޑު އެދޭ ގޮތަކީ ސުޕްރީމް ކޯޓުން ނިންމެވުން،"

އެހެންނަމަވެސް ސުޕްރީމް ކޯޓުގެ ލަފައެއް ހޯދޭނީ މަޖިލީހުން އެގޮތަށް ފާސްކޮށްގެންކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *