ރައީސް ނަޝީދު (ކ) އަދި ރައީސް މައުމޫން (ވ)

މުއުމިނުން އެއް ބަޔަކު އަނެއް ބަޔަކަށް ހުތުރު ލަޤަބު ތަކުން ގޮވުން މާތް ﷲ ވަނީ ނަހީ ކުރައްވާފައި ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިފަދައިން ވިދާޅުވެ ޓްވީޓެއް ކުރައްވާފައި މިވަނީ ރާއްޖޭގެ ވެރިންނަށް ނިސްބަތްކޮށް ވަނަން ކިޔުމަށް ހިތްވަރު ދެއްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަދައްކަވާފައިވާ ދަނޑިވަޅެއްގަ އެވެ.

އެ ވާހަކަތަކަށް އިޝާރާތް ކުރައްވާވާ ރައީސް މައުމޫނު ވިދާޅުވީ މުއުމިން އެއް ބަޔަކު އަނެއް ބަޔަކަށް ހުތުރު ލަގަބުތަކުން ގޮވުން މާތްﷲ ވަނީ ނަހީ ކުރައްވާފައި ކަމަށެވެ. އެމަނިކުފާނު ވަނީ އަލް ހުޖުރާތު ސޫރަތުގެ 11 ވަނަ އާޔަތް ބެއްލެވުމަށް އެދިވަޑައިގެންފައެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ނަޝީދު ވަނީ ވެރިންނަށް ކިޔާފައިވާ ވަނަންތަކުގެ ލިސްޓު ހާމަކުރައްވާފަ އެވެ. އެ ލިސްޓް ހާމަކުރެއްވުމަށް ފަހު ނަޝީދު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ނިސްބަތްކޮށް އިދިކޮޅުން ބޭނުންކުރާ ވަނަން ކިޔުމުން ހަމައިން ނައްޓައިގެންދާވަރަށް ކަންބޮޑުވުމަކީ ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށް ވިދާޅުވެފައެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން މިފަދަ ވާހަކައެއް ދެއްކެވުމުން ނަޝީދަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *