ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް

ޗާގޯސް މައްސަލައާ ގުޅިގެން ބާއްވަން ނިންމާފައިވާ ހަރަކާތުގައި ބައިވެރިނުވުމަށް ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ކިބައިން އެ ޕާޓީގެ ލީޑަރު، މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އެދިވަޑައިގެންފިއެވެ.

ކަނޑު ބެހި މައްސަލައާ ގުޅިގެން ސިޔާސީ ޕާޓީތައް އެކުވެގެން ވަނީ "ކަނޑު ވިއްކުމާއި ދެކޮޅު އިއްތިހާދު" ގެ ނަމުގައި އިއްތިހާދެއް އުފައްދާ ޖޫން ދެ ވަނަ ދުވަހުގެ ރޭ ބޮޑު ރެލީ އެއް ބާއްވަން ވަނީ ނިންމާފައެވެ.

ގާސިމް ވިދާޅުވީ ހުކުރު ދުވަހުގެ އެއްވުމުގެ މިސްރާބާއި ނަތީޖާ ޖުމްހޫރީ ޕާޓީގެ ލީޑަޝިޕުގެ ގިނަ މެންބަރުންނަށް އޮޅިފައި ނޯންނާނެ ކަމަށާއި އެންމެ ފަހުން ބޭއްވި އެ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމުގައި ނިންމި ގޮތަށް ގައުމުގެ އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަން އިސް ކުރުމަށް  އެދިވަޑައިގަންނަވާ ކަމަށެވެ.

ގާސިމް މިފަދައިން ވިދާޅުވި އިރު ކަނޑު ވިއްކާލުމާ ދެކޮޅަށް އުފައްދާފައިވާ ކޯލިޝަނުގައި ޖުމްހޫރީ ޕާޓީ ވެސް ތަމްސީލުކުރެއެވެ. އެޕާޓީ ތަމްސީލުކުރައްވަނީ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން އެވެ.

ކަނޑު ވިއްކާލުމާ ދެކޮޅަށް އުފައްދާފައިވާ ކޯލިޝަނުގައި ހިމެނެނީ އިދިކޮޅު ޕީޕީއެމް-ޕީއެންސީ އާއީ، ޖުމްހޫރީ ޕާޓީ، "ދަ ޑިމޮކްރެޓްސް" އަދި އެމްއެންޕީ އާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު އާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *