މަކުނުދޫ ދާއިރާގެ މެންބަރު ރާއީ

ޖޫން 2 ގައި އިދިކޮޅު ފަރާތްތަކުން ކުރަން އުޅޭ މުޒާހަރާ " ބާނަ ބާނާ ތިއްބާ ތިޔަ ވިއްކާލީ ކަނޑު" ގެ ނަމުގައި ކުރަން އުޅެނީ ބަޤާވާތެއް ކަމަށް ހދ. މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ތުހުމަތު ކުރަައްވައިފިއެވެ.

މޮރިޝަސް އާއި ރާއްޖެއާއި ދެމެދު އޮތް ކަނޑުގެ ބައުންޑަރީ ކަނޑައެޅުމުގައި ކަންތައް ނިމިފައި އޮތް ގޮތުން ދެކުނުގެ މަސްކަނޑު ބައެއް ގެއްލުނީކަމަށް ވާކާލާތުކުރައްވާ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވަނީ ކަނޑު ވިއްކުމާ ދެކޮޅު އިއްތިހާދެއް ހަދާފައެވެ. އަދި އިއްތިހާދުން ކަނޑު ވިއްކުމާއި ދެކޮޅަށް ކަމަށް ބުނާ ބޮޑު މުޒާހަރާއަކަށް ތައްޔާރުވަމުންދާ ކަމަށް ބުނާ ބެނާތައް މާލޭގައި މަގުތަކުގައި ވަނީ ދަމާފައެވެ.

މި އެއްވުން ބޭއްވުމަށް ނިންމާފައިވަނީ 2 ޖޫން ވާ ހުކުރުދުވަހުގެ ރޭ 20:30 ގައި ކާނިވާ ސަރަހައްދުގައެވެ.

މިކަމާއި ގުޅޭ ގޮތުން މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ރާއީ ވިދާޅުވީ ޗާގޯސް މައްސަލައިގައި 2 ޖޫންގައި ރާއްޖޭގައި ކުރަން އުޅެނީ ކަނޑައެޅިގެން ބަޣާވާތެއް ކަމަށެވެ. އަދި އެ އެއްވުމުގައި އެއްވެސް ރައްޔިތަކު ބައިވެރިނުވުމަށް އެދޭ ކަމަށް މެންބަރު ރާއީ ވިދާޅުވިއެވެ.

ރާއީ ވިދާޅުވީ މީގެ ކުރިންވެސް މިފަދަ ކަންކަން ހިނގާފައިވާ ކަމަށާއި، އެކަންކަމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވި އުނދަގޫ ފެނިގެން ގޮސްފައިވާ އެހެންކަމުން އެއްވެސް ރައްޔިތަކު އަމިއްލައަސް ކުށެއްގެ ތެރެއަށް ނުދިއުމަށް އެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *