ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ފެނުމުން މަހުރޫމުވެފައި ތިބޭ މީހުންނަށް އިންތިހާބުތަކުގައި އެހެން މީހެއްގެ އެހީތެރިކަމާ ނުލާ ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަޖެހޭނެ ގޮތް ހެދުމަށް އިންތިހާބުތަކާއި ބެހޭ އާންމު ޤާނޫނަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

މިއަދު ބޭއްވި ޖަލްސާގައި މި ބިލު މަޖިލީހަށް ބަލައިގަނެ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށް ފާސްކޮށްފައިވަނީ 51 މެންބަރުންގެ ވޯޓުންނެވެ.

މި އިސްލާހަކީ އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނުގެ 45 ވަނަ މާއްދާގެ ނ އަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހެކެވެ.

ސަރުކާރުގެ ފަރާތުން އިންތިހާބުތަކާއި ބެހޭ ޤާނޫނަށް މި އިސްލާހު ގެނައުމަށް ހުށަހަޅާ ބިލު މަޖިލީހަށް ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދެވެ. އެ މެންބަރު ހުށަހެޅުއްވި މި ބިލުގައި ބުނެފައިވަނީ ލޯފަން މީހުން ވޯޓުލާއިރު އެކަމަށް ހާއްސަކޮށްފައިވާ ޕްލާސްޓިކް ޓެމްޕްލޭޓެއް މެދުވެރިކޯށް ވޯތު ކަރުދާހުގައި ފާހަގަ ޖެހޭނެ އިންތިޒާމު، ވޯޓުގެ ސިއްރުކަން ކަށަވަރުކުރެވޭނެ އުސޫލަކުން ހަމަޖައްސައިދިނުމަށެވެ.

މި އިސްލާހުގައި ބުނެފައިވަނީ ވޯޓު ކަރުދާސް ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާން އެދޭ ފަރާތްތަކަށް އެ ފުރުސަތު ދިނުމަށްޓަކައި ހަމަޖައްސަން ޖެހޭ އިންތިޒާމުތައް އިންތިހާބުތަކާއި ބެހޭ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން ވޯޓުލާ ކޮންމެ މަރުކަޒެއްގައި އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސައިދޭން ވާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *