ރާއްޖެއަށް ޑިޖިޓަލް ރުފިޔާ ތައާރަފް ކުރުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.
ޑިޖަޓަލް ރުފިޔާ އުފެއްދުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް ވިދާޅުވީ، ޕެންޝަން އޮފީހުން ބޭއްވި މޯލްޑިވްސް ފައިނޭންޝަލް ފޯރަމްގައި ވާހަކަދައްކަވަމުން މަރުކަޒީ ބޭންކް، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު އެވެ.
އިމާދު ވިދާޅުވީ، މާލީ ދާއިރާ ކުރިއަށް ގެންދެވޭނީ، ކްރިޕްޓޯ އާއި އެ ނޫން ވެސް ޑިޖިޓަލް ފައިސާއާ އެކު ކަމަށާއި އަދި ފައިސާ ދޫކުރުމާއި ފައިސާ ހޯދުމުގައި އީޖާދީ އާ ގޮތްތަކަށް ފުރުސަތު ފަހިވެ، މާލީ ދާއިރާ އެހެން ލެވެލްއަކަށް ފުޅާކުރެވޭނެ ކަމަށެވެ.
މީގެއިތުރުން، ރާއްޖޭގައި ޑިޖިޓަލް ބޭންކިންއަށް ފުރުސަތު ވަރަށް ބޮޑު ކަމަށާއި ރާއްޖޭގައި ފައިނޭންޝަލް ޓެކްނޮލޮޖީ (ފިންޓެކް) އިތުރަށް ފުޅާކުރެވޭނެ ކަމަށްވެސް އިމާދު ވިދާޅުވިއެވެ.