ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން މާލެ ސަރަހައްދުގެ ގޭބީސީތަކުން ކުނި އުކާލުމުގެ ހިދުމަތަށް ނަގާ ފީ، ސްޓެލްކޯގެ ކަރަންޓު ބިލުގައި ހިމެނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިކަމުގެ އެއްބަސްވުމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފާއި ވެމްކޯގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު ވަނީ ސޮއިކުރައްވާ އެއްބަސްވުން ބަދަލު ކުރައްވާފައެވެ.

ކުނި ބިލު ނުދައްކާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އެންވާރަމަންޓް މިނިސްޓްރީ އާއި ވެމްކޯ އަދި ސްޓެލްކޯ ގުޅިގެން މަޝްވަރާ ކުރުމަށްފަހު ނިންމާފައިވަނީ މާލެ ސަރަހައްދުގެ ގޭބީސީ ތަކުން ކުނި އުކާލުމުގެ ފީގެ ގޮތުގައި ވެމްކޯ އަށް ދައްކަންޖެހޭ ފީ، ސްޓެލްކޯގެ ކަރަންޓު ބިލުގައި ހިމެނުމަށެވެ. އެކަމަށްޓަކައި ސަރުކާރުން ވަނީ ގަވާއިދެއް އެކުލަވާލައި ގެޒެޓުވެސް ކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން އަންނަ މަހުން ފެށިގެން ވެމްކޯއިން މާލެ ސަރަހައްދުގައި ދެމުންދާ ހިދުމަތްތަކަށް ކަނޑައަޅަފައިވާ ފީ ކަރަންޓް ބިލްގައި ހިމަނާނެ އެވެ.

މާލެ ސަރަހައްދުގައި ފީދައްކަން ޖެހޭ ޖުމްލަ 53,690 ގޭބިސީ ހުރި ނަމަވެސް ވެމްކޯގެ ހިދުމަތަށް ރަޖިސްޓްރީ ކޮށްގެން ބަރާބަރަށް ފީ ދައްކަމުން އަންނަނީ ގާތްގަނޑަކަށް 20,000 ގޭބިސީންނެވެ.

މިބަދަލާއެކު ގޭބީސީތަކުގައި ހަރުކޮށްފައިވާ ކޮންމެ "އެކްޓިވް" ކަރަންޓު މީޓަރަކަށް ސްޓެލްކޯ އިން ފޮނުވާ ކަރަންޓު ބިލުގައި ކުނި އުކާލުމުގެ ފީގެ ގޮތުގައި 150 ރުފިޔާގެ ފިކްސްޑް ޗާޖެއް ހިމަނާނެއެވެ.

އެކްޓިވް ކަރަންޓް މީޓަރެއް ގޮތުގައި ބަލަނީ ކޮންމެ މަހަކު 34 އަށްވުރެ ގިނަ ޔުނިޓް ބޭނުންކޮށްފައި ހުންނަ ކަރަންޓް މީޓަރު ތަކަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *