ރާއްޖޭގެ އެންމެ ބޮޑު އޮންލައިން މާކެޓް، މޫލީ އިން މިއަދު މޫލީ "އެންމެ އަގު ހެޔޮ ސޭލް"ގެ ނަމުގައި ބޮޑެތި ޑިސްކައުންޓް ތަކަކާއެކު ޙާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން މަގްބޫލް ބްރޭންޑްތަކުގެ ސްމާރޓްފޯނާއި އެކްސެސަރީޒް، 80 އިންސައްތައާ ހަމައަށް ބޮޑެތި ޑިސްކައުންޓްތަކާއިއެކު މަރކެޓްގައި ލިބެންހުރި އެންމެ ހެޔޮ އަގުގައި ކަސްޓަމަރުންނަށް ލިބެންހުންނާނެ ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫއިން ބުނީ މި ސޭލްގައި ކަސްޓަމަރުންނަށް މަގުބޫލު ބްރޭންޑްތަކުގެ ސްމާޓްފޯނާއި އެކްސެސަރީޒްތައް ކޮންމެތާކުން، ކޮންމެ ވަގުތަކުވެސް ބައްލަވައިގަނެ ރާއްޖޭގެ ކޮންމެހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވަރ ކޮށްލެވޭނެއެވެ.

ޖުލައި މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި، އައިފޯން، އެޕަލް ވޮޗް، އެއަރޕޮޑްސް، ސެމްސަންގް ފޯނު އަދި ގަޑީގެ އިތުރުން ވާވޭގެ މަގުބޫލް ފޯނުތައް ގަނެވޭނެއެވެ. މި ޕްރޮމޯޝަންގެ ދަށުން ލިބެންހުރި ޑިވައިސްތައް، މޫލީ ވެބްސައިޓް އަދި އުރީދޫ އެޕުގައި "މޫލީ އަގު ހެޔޮ ސޭލް" ސެކްޝަނުން ފެންނަން ހުންނާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެއެވެ.

އުރީދޫއިން ބުނީ، މި ސޭލްއައކީ ފޯނު، އެއަރޕޮޑް ނުވަތަ ގަޑި އަޕްގްރޭޑް ކޮށްލަން ބޭނުންވާ ހުރިހާ ފަރާތްތަކަށް ރަނުގެ ފުރުސަތެއް ކަމަށާއި، މި ސޭލް މެދުވެރިކޮށް ވިޔަފާރިކުރުމަށް ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށްވެސް މޫލީ އިން މަރުހަބާކިޔާ ކަމަށެވެ.

ފުޅާވަމުން އަންނަ އޮންލައިންކޮށް ވިޔަފާރިކުރެވޭ ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލް ޝޮޕިންގ އެކްސްޕީރިއެންސް އެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، އޮންލައިން ޕޭމަންޓް، އީޒީ ރިޓަރންސް އަދި މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ޚިދުމަތްވެސް މޫލީއިން ފޯރުކޮށްދެއެވެ.

އެ ޕްލެޓްފޯމްގެ ޚާއްސަ އަނެއްކަމަކީ، ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް، ފަސޭހަކަމާއި އެކު ކުރިޔަށްވުރެ ގިނަ ކަސްޓަމަރުންނާއި މުއާމަލާތް ކުރުމުގެ ފުރުޞަތު ފަހިވެގެންދިއުމެވެ. އެ ޚިދުމަތްތަކާއެކު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިޔަފާރިތަކުން ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ.

ވިޔަފާރި އޮންލައިންކޮށް، އިތުރަށް ފުޅާކޮށް އަދި ގިނަ ކަސްޓަމަރުންނަށް ޚިދުމަތްދޭން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް މޫލީއިންވަނީ އެ ފުރުސަތުވެސް ހުޅުވާލާފައެވެ. އިތުރު ފަރާތްތަކުން މޫލީ އާއި ގުޅެމުންދާއިރު، އެ ޕްލެޓްފޯމް އޮތީ ކުރިޔަށް ވުރެ ގިނަ ކަސްޓަމަރުންނަށް، ތަފާތު ގިނަ އުފެއްދުންތަކެއް ފޯރުކޮށްދިނުމަށް ތައްޔާރުވެގެން ކަމަށް އުރޫދޫއިން ބުންޏެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *