ފެނަކައިން ފ. ބިލެއްދޫގައި ތަރައްގީކުރި އައު އިންޖީނުގެ އާއި އިންޖީނުގޭގެ އޮފީސް އިމާރާތް ހުޅުވައިފިއެވެ.

މި ދެ އިމާރާތް ހުޅުވައިދެއްވީ އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.

މި އިންޖީނުގެ ތަރައްޤީކުރައްވައިފައިވަނީ 2200 އަކަފޫޓްގެ ސަރަޙައްދެއްގައެވެ. އަދި އޮފީސް ޢިމާރާތް ތަރައްޤީކުރައްވައިފައިވަނީ 1600 އަކަފޫޓުގެ ބިމެއްގައެވެ.

ބިލެއްދޫގައި ކަރަންޓުގެ ޚިދުމަތް އެންމެ ފުރަތަމަ ތަޢާރަފްކޮށްފައިވަނީ މީގެ 33 އަހަރު ކުރިން 1990 ގެ ތެރޭގައެވެ. އެންމެ ފުރަތަމަ ރައްޔިތުންގެ ޖީބުން ޚަރަދުކޮށްގެން ގެންދިޔަ 3 ކިލޯވޮޓް އަދި 5 ކިލޯވޮޓްގެ ޖަނެރޭޓަރު ސެޓުތަކުގައި ވެސް އެތައް އަހަރެއްވަންދެން އެރަށުގައި ވަނީ ކަރަންޓުގެ ޚިދުމަތް ދީފައެވެ.

ބިލެތްދޫގައި ކުރިން ހުރި 24 އަހަރުވީ އިންޖީނުގެ ހުރީ ރަށުގެ ސްކޫލު ކައިރީގައި ނަމަވެސް އާ އިންޖީނުގެއާ އޮފީސް ޢިމާރާތް ބިނާކޮށްފައިވަނީ ރަށުގެ ބަނދަރު ސަރަޙައްދުގައެވެ.

އަލަށް ޢިމާރާތްކުރެވުނު އިންޖީނުގެއާއި އޮފީސް ޢިމާރާތަކީ އެންމެ މިޒަމާނުގެ ފެންވަރަށް ބިނާކޮށްފައިވާ ތަނެކެވެ. އިންޖީނުގޭގެ އޮފީސް ޢިމާރާތުގައި އެއްފަހަރާ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ މިހާރުވަނީ ތަނަވަސް ކުރެވިފައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *