ހުޅުމާލެ ދެވަނަ ފިޔަވަހި

ހުޅުމާލެ ފޭސް 2 ގައި މާރާމާރީ އެއް ހިންގާ ކުއްޖަކު ޒަހަމް ކޮށްލައިފި އެވެ.

އެމައްސަލައިގެ މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނީ،  ފޭސް 2 ގައި މާރާމާރީއެއް ހިންގައިގެން އުޅޭ ކަމުގެ ރިޕޯޓް މިއަދު  ހަވީރު 5:20 ހާއިރު ލިބިފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މާރާމާރީ ހިނގާފައިވަނީ ހުޅުމާލޭ ފޭސް 2 ގައި ހުންނަ އެޗް10 ޓަވަރުގައެވެ.

އެ މާރާމާރީގައި 18 އަހަރުނުވާ ކުއްޖަކަށް އަނިޔާވެގެން ހުޅުމާލެ  ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށާއި، ނަމަވެސް  އެކުއްޖާ މާ ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށްވެސް ފުލުހުން ބުންޏެވެ.

މީސްމީޑިއާގައި މިހާރު އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ޒުވާނާގެ ބުރަކައްޓަށް ވަޅި ހެރުމުގެ ސަބަބުން ގިނަ އަދަދެއްގެ ލޭ ފައިބާފައިވާ މަންޒަރު ފެނެއެވެ.

ފުލުހުން ދަނީ އެމައްސަލަ އިތުރަށް ތަހްގީގް ކުރަމުންނެވެ.  މައްސަލައާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް  ނުވަތަ ނުކުރާ ކަމެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *