ރޯޑް ސޭފްޓީ ވީކް ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭގައި ހިނގާލުމެއް އާބަންކޯއިން ބާއްވައިފިއެވެ.
އާބަންކޯއިން ބުނީ، މިއީ ކޮންމެ އަހަރަކުވެސް ބައިނަލްއަގުވާމީގޮތުން ފާހަގަކުރާ ރޯޑް ސޭފްޓީ ވީކް ފާހަގަކުރުމުގެ ގޮތުން ހުޅުމާލެ ހޮސްޕިޓަލާއި އަރބަންކޯއިން ގުޅިގެން ބޭއްވި ހިނގާލުމެއް ކަމަށެވެ.
"ރޯޑް ސޭފްޓީ ވޯކް" ގެ ނަމުގައި މިއަދު ހަވީރު ބޭއްވި މި ހިނގާލުމަކީ ހުޅުމާލެ ހޮސްޕިޓަލް، އަރބަންކޯ، ފުލުހުން އެޗްޕީއޭ އަދި ބައެއް އެހެން އެސްއޯއީތަކުން ވެސް ބައިވެރިވެގެން ބޭއްވި ހަރަކާތެކެވެ.
މި ހަރަކާތް ފެށިގެން ކުރިއަށް ދިޔައީ މިއަދު ހަވީރު 16:15 ގައި ސިންތެޓިކް ޓްރެކް ސަރަހައްދުން ފެށިގެން ހަވީރު 18:00 ގެ ނިޔަލަށެވެ.
މި އަހަރުގެ ރޯޑް ސޭފްޓީ ސްލޯގަންއަކީ "ރީތިންކް މޮބިލިޓީ" އެވެ. މި ސްލޯގަންއަކީ ހިނގާބިނގާވެ އުޅުމާއި ސައިކަލް ދުއްވުމާއި ޕަބްލިކް ޓްރާންސްޕޯޓަކީ ރައްކާތެރި އަދިފަސޭހަ ކަމަކަށް ހެދުން ޕްރޮމޯޓްކުރުމަށް ހަދާފައިވާ ސްލޯގަންއެކެވެ.