ރިޔާސީ އިންތިހާބުގައި ވޯޓު ކަަރުދާސްތަކެއް ގުނުމަށް މޭޒުމަތީގައި -- ފޮޓޯ: މިހާރު އޮންލައިން

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ދިވެހިން ދިރިއުޅޭ 8 ޤައުމެއްގައި ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.

އިލެކްޝަން ކޮމިޝަނުގައި ބޭއްވި ބައްދަލުވުމެއްގައި އެކޮމިޝަނުގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހީންގެ ތެރެއިން ވީހާވެސް ގިނަ ބަޔަަކަށް ވޯޓްލުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމުގެ ގޮތުން 8 ގައުމެއްްގެ ނުވަ ސިޓީއެއް ގައި ވޯޓްފޮށި ބެހެެއްޓުމަށް ނިންމާފައިވާ ކަމަށެވެ.

ނަމަވެސް އެ ގައުމުތަކުގައި ވޯޓްފޮށި ބަހައްޓާނީ ވޯޓުލާން 150 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީ ކޮށްފިނަމަ ކަމަށް ހަބީބް ވިދާޅުވިއެވެ.

ވޯޓު ފޮށި ބެހެއްޓެވުމަށް ކޮމިޝަނުން ނިންމެވީ އިންޑިޔާގެ ޓްރިވެންޑްރަމް، ނިއު ދިއްލީ، ސްރީލަންކާގެ ކޮލަމްބޯ، މެލޭޝިޔާގެ ކުއަލަ ލަމްޕޫރު، ސިންގަޕޫރު، އިނގިރޭސިވިލާތުގެ ލަންޑަން، ތައިލެންޑުގެ ބެންގކޮކް، އެކުވެރި ޢަރަބި އިމާރާތުގެ އަބޫދާބީ އަދި ޖަޕާނުގެ ޓޯކިޔޯގައެވެ. ހަބީބު ވިދާޅުވީ، ރީރަޖިސްޓްރޭޝަން ނިމުމުން މިޤައުމުތަކުގައި ވޯޓު ފޮށި ބަހައްޓާނެ ޢަދަދު ކަނޑައެޅިގެން ދާނެކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ރިޔާސީ އިންތިޚާބުގައި ރާއްޖެއާއި، ރާއްޖެއިން ބޭރުގައި ބަހައްޓާ ވޯޓުފޮށިތަކާއިއެކު 600 އަށްވުރެ ގިނަ ވޯޓުފޮށި ބެހެއްޓުމަށް ނިންމާފައެވެ.

ރިޔާސީ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެެވެ. އަދި އިންތިޚާބުގެ 2 ވަނަ ބުރެއް ބާއްވަން ޖެހޭނަމަ ސެޕްޓެމްބަރު 30 ގައި ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.

ރިޔާސީ އިންތިޚާބުގައި 282،755 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *