23 ވަނަ އިންޓަނޭޝަނަލް އިންޑިއަން ފިލްމު އެކަޑެމީ (އައިފާ) އެވޯޑްސް އަބޫ ދާބީގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

މިހިނގާ މެއި މަހުގެ 26 އަދި 27 ގައި ބޭއްވުމަށް  ތާވަލުކޮށްފައިވާ އައިފާ އެވޯޑްސް އަކީ ވަރަށް ގިނަ ބައެއްގެ  ސަޕޯޓް ލިބޭ އިވެންޓެއްކަން، އެ ހަފްލާގެ ޓިކްޓަށް ލިބުނު  ތަރުހީބުން އެނގިގެން ދެއެވެ.

27 ވަނަ ހުކުރު ދުވަހުގެ ހަފްލާއަށް ވަނުމަށް 11000 މީހުން  ޓިކެޓް ނަގާފައިވާއިރު، 27 ވަނަ ދުވަހުގެ ރޭ އޮންނަ ހަފްލާއަށް  ވަނުމަށް ޓިކެޓް ނަގަާފައިވަނީ 14000 މީހުންނެވެ.

ދުނިޔޭގެ އެކި ހިސާބުތަކަށް ނިސްބަތްވާ ފިލްމީތަރިން  ހިމެނޭގޮތަށް އެ އެވޯޑް ހަފްލާގައި 120 ތަރިން ބައިވެރިވާނެއެވެ.  އެ ހަފްލާ ކަވަރު ކުރުމަށް 250 އަށްވުރެ ގިނަ މީޑިއާއިން ވެސް  ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

އައިފާ އެވޯޑްސްގައި ބައިވެރިވާ ބޮލީވުޑްގެ  ފިރެހެން ތަރިންގެ ތެރޭގައި  ސަލްމާން ހާން، ރިތިކް ރޯޝަން، ވިކީ ކޯޝަލް، އަނިލް ކަޕޫރު، އަބީޝެކް ބަޗަން، ވަރުން ދަވަން އަދި  ރާޖުކުމާރު ރާއޯ ހިމެނެއެވެ. އަންހެން ތަރިންގެ ތެރޭގައި ކްރިތީ ސެނަން، އާލިއާ ބަޓް، ރަކުލް ޕްރީތު ސިންގު، ނޯރާ ފަތެހީ، އަދި މޯނީ ރޯއީ ހިމެނެއެވެ.

މިފަހަރުގެ އައިފާ އެވޯޑްސްގައި އައިޓަމެއް ހުށަހަޅާ ތަރިންގެ  ތެރޭގައި، ސަލްމާނު، އަޔޫޝްމަނު، ވަރުން، ކްރިތީ، ނޯރާ،  އަދި ރަކުލް ހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *