ހދ. މަކުނުދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިރޭ އިރާކޮޅު ގާތްގަނޑަކަށް 8:00 ހާއިރެވެ. ރޯވި ގެއަކީ ފިހާރައެއްވެސް ހުންނަ ގެއެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ.
https://twitter.com/MNDF_Official/status/1661791109146902531
ރޯވި ގެއަށްކިޔާ ނަމަކީ އަލްފާއެވެ. އެގޭގައި ދިރިއުޅެނީ ހަތަރު މީހުންނެވެ. އެހާދިސާ ހިނގި ވަގުތު އެ ހަތަރު މީހުންވެސް ރައްކާތެރިކަމާއެކު ވަނީ އިމާރާތުން ނެރެފައެވެ. އެ ހަތަރު މީހުން ގެންދިޔައީ އާއިލާ މީހެއްގެ ގެއަކަށެވެ.
އަލިފާނުގެ ހާދިސާގައި އެ ގޭ ފުރާޅު ވެއްޓި ފިހާރަވެސް ވަރަށް ބޮޑަށް އަނދާފައިވާއިރު މުޅި ގެއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ދައުލަތުގެ މީޑިއާގައި މަކުނުދޫ ކައުންސިލުގެ ރައީސް ވިދާޅުވެފައިވެއެވެ.