ރާއްޖެ ސަރަހައްދުގައި ޤަވާއިދާއި ހިލާފަށް މަސްވެރިކަން ކުރަމުންދަނިކޮށް އެމްއެންޑީއެފްގެ ކޯސްޓްގާޑުން މިދިޔަ ބުދަ ދުވަހު އަތުލައިގަތް ލަންކާ މަސްބޯޓު ފުލުހުންނާއި ހަވާލުކޮށްފިއެވެ.
އެމްއެންޑީއެފް އިން މިރޭ ބުނީ ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުން ދަނިކޮށް މެއި 24 ވަނަ ދުވަހު އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީއިން އަތުލައިގަތް ސްރީލަންކާގެ މަސް ބޯޓު "ސަތަސަރާނި 06" މިއަދު ހެނދުނު 06:00 ހާއިރު މާލެ ގެނެސް، ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
ޖުމްލަ 6 ފަޅުވެރިން ތިބި މި ބޯޓުު، ކޯސްޓްގާޑް ޝިޕް ޣާޒީއިން އަތުލައިގަނެފައިވަނީ ވ.އަތޮޅުގެ އިރުން 109 ނޯޓިކަލް މޭލު ބޭރުންނެވެ.