މިސްޓަރ މޯލްޑިވްސްގެ ޓައިޓަލް ސްޕޮންސަރަކަށް އަރބަންކޯ ހަމަޖައްސާ، ބޮޑީ ބިލްޑިންގ އެސޯސިއޭޝަންއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމަކީ މޯލްޑިވްސް ބޮޑީ ބިލްޑިންގ އެސޯސިއޭޝަންގެ ފަރާތުން މި އަހަރު ބާއްވަން ހަމަޖެހިފައިވާ ދެ މުބާރާތެއްގެ ސްޕޮންސަރޝިޕަށް ސޮއިކުރެވުނު އެއްބަސްވުމެކެވެ.

އެގޮތުން އެ އެސޯސިއޭޝަންގެ ފަރާތުން ބާއްވާ މިސްޓަރ މޯލްޑިވްސް 2023 ގެ ޓައިޓަލް ސްޕޮންސަރ އަކީ އަރބަންކޯއެވެ. އަދި ސައުތު އޭޝިއަން ބޮޑީ ބިލްޑިންގ އެންޑް ފިޒިކްސް ގެ ކޯ ސްޕޮންސަރ އަކަށް  އާބަންކޯ ހަމަޖެއްސުމަށް ވެސް މިއަދު ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި އަރބަންކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އަތީފެވެ. ބޮޑީބިލްޑިންގ އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެސޯސިއޭޝަނުގެ ރައީސް އިބްރާހިމް ހަމީދެވެ.

މި ދެ މުބާރާތްވެސް ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖުލައި މަހުގައެވެ. މިސްޓަރ މޯލްޑިވްސް މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ ޖުލައި މަހުގެ 3 ވަނަ ދުވަހު އެވެ. އަދި ސައުތު އޭޝިއަން ބޮޑީ ބިލްޑިންގ އެންޑް ފިޒިކްސް މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ ޖުލައި މަހުގެ 5 ވަނަ ދުވަހުން ފެށިގެން 9 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ މި މުބާރާތް މާލޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

މި ދެ މުބާރާތުން ވެސް ވަނަތަކަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމާއި، އެހެނިހެން އިނާމުތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އަރބަންކޯއިން މި ދެ މުބާރާތުގައި ހަރަކާތްތެރިވުމަށް ބޮޑީބޮލްޑިންގ އެސޯސިއޭޝަނާއި އެކު އެއްބަސްވުމުގައި ސޮއިކޮށްފައި މިވަނީ ކުޅިވަރުތަކާއި، ޒުވާނުން ކުރިއަރުވައި ފުރުސަތުތައް ހޯދައިދިނުމަށް އަރބަންކޯއިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *