ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ތަސައްވަރު ހާސިލުކުރުމަށްޓަކައި 2027 ވަނަ އަހަރުގެ ނިޔަލަށް ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި އަހަރަކު 6 ބިލިއަން ޑޮލަރު (92.1 ބިލިއަން ރުފިޔާ) ހޯދުމުގެ އަމާޒާއި އެކު ފަސް ވަނަ ޓޫރިޒަމް މާސްޓާ ޕްލޭން  އިފްތިތާހު ކޮށްފިއެވެ.

ގައުމީ ޔުނިވަސިޓީގައި މިއަދު ޓޫރިޒަމް މިނިސްޓްރީން ބޭއްވި ހަފްލާއެއްގައި "މޯލްޑިވްސް ފިފްތް ޓޫރިޒަމް މާސްޓަރ ޕްލޭން 2023-2027" އިފްތިތާހު ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް އެވެ.

މި މާސްޓަރ ޕްލޭން އެކުލަވާލީ އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) ގެ ހިލޭ އެހީގެ ދަށުންނެވެ. މި މާސްޓަރ ޕްލޭންގެ ދަށުން ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ  2027 ގެ ނިޔަލަށް ޓޫރިޒަމްގެ އާމްދަނީ އަހަރަކު 6 ބިލިއަން ޑޮލަރު ހޯދުމެވެ.

އަދި މި އަމާޒަށް ވާސިލުވުމަށްޓަކައި ރާއްޖޭގެ ޕާފޯމަންސް އަދި ވާދަވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރަން ޖެހެއެވެ. އެ މަސައްކަތަށް ފަތުރުވެރިކަމުގެ ސިނާއަތުގަިއ ހިމެނޭ ސްޓޭކް ހޯލްޑަރުންނާއި ސަރުކާރުން މަސައްކަތް ކުރަންޖެހެއެވެ.

ސަރުކާރުން މި އަމާޒު ކަނޑައެޅީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓީކްސް އާއި އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުގެ މައްޗަށް ބިނާކޮށް ފިނޭންސް މިނިސްޓްރީއާއި މަޓީ އާއި އެހެނިހެން ފަރާތްތަކުގެ ލަފަޔާއި އެކުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *