އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން އާއި އެމްއާރްއެމް އުފެއްދެވުމުގައި އިސްކޮށް އުޅުއްވި ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްޤައްޔޫމް

މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)ގެ ނަމުގައި އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގަން އެ ޕާޓީން އެދިއްޖެ އެވެ.

އެ ޕާޓީން އެހެން ބުނެ ބަޔާނެއް ނެރުނީ، އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށް އަންގާ އިލެކްޝަންސް ކޮމިޝަނުން  މިއަދު  އެ  ޕާޓީއަށް ސިޓީއެއް ފޮނުވުމުންނެވެ. އެހެންކަމުން، ޕާޓީގެ އެންމެހާ މެންބަރުންނަށާއި، ކޮމިޓީތަކާއި، ގުނަވަންތަކާއި، ގޮފިތަކަށް އެމް.އާރް.އެމްގެ ނަމުގައި މިވަގުތު ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގުމަށް އެ ޕާޓީއިން ވަނީ އެދިފައެވެ.

އެ  ޕާޓީއިން ބުނީ، އީސީން  އެ  ޕާޓީ އުވާލަން ނިންމާފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި އެކަން ސާބިތުކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުންގެންދާ ވާހަކަވެސް އެންގިއެވެ.

އެމް.އާރް.އެމްގެ މެންބަރުންނާއި ތާއީދުކުރާ ހުރިހާ ފަރާތްތައް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް  ޝުކުރުދަންނަވާ، އިސްލާހީ މަސައްކަތުގައި ދެމިތިބުމަށް ޕާޓީއިން އެދުނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *