ޝާހްރުޚްހާން އަދި ސަލްމާން ހާން ލީޑުރޯލުން ފެނިގެންދާ ފިލްމު "ޕަތާން ވަސަސް ޓައިގަރ" ގެ ކާސްޓާއި ކެޓްރީނާ ކައިފް އަދި ދިޕިކާ ޕަޑުކޯނު ގުޅިއްޖެއެވެ.
ބޮލީވުޑް ހަންގަމާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، "ޕަތާން ވަސަސް ޓައިގަރ" ގެ މަސައްކަތްތައް މިއަންނަ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ފެށުމަށް ވަނީ ނިންމައިފިއެވެ.
މި ފިލްމު ޑައިރެކްޓް ކުރާނީ މަޝްހޫރު ޑައިރެކްޓަރ ސިދާތު އާނަންދުއެވެ. ކެޓްރީނާ އެ ފިލްމުގައި ވެސް ކުޅޭނީ ޓައިގަރގައި ކުޅުނު ރޯލެވެ. ދިޕިކާވެސް ފެނިގެންދާނީ ޕަތާން އިން ފެނުނުރޯލުންނެވެ.