މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް

މާފަރު އެއާޕޯޓްގެ ރަންވޭގެ މަސައްކަތުގައި ބޭނުންކުރި އެކްސްކަވޭޓަރެއް ފުރޮޅާލައިގެން މީހަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ނ. މާފަރު އެއާޕޯޓްގެ ރަންވޭގެ މަސައްކަތުގައި ބޭނުންކުރަމުންދިޔަ އެކްސްކަވޭޓަރެއް ފުރޮޅާލާ އަނިޔާވި މީހަކު މާފަރު ހެލްތް ސެންޓަރަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް އެ ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށެވެ.

މި ހާދިސާގައި މަރުވީ އެކްސްކަވޭޓަރުގެ ޑްރައިވަރު، އުމުރުން 35 އަހަރުގެ މީހެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ މިހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *