ދިވެހި ރާއްޖޭގެ އިގްތިސޯދީ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ ބޯޓެއް އެމްއެންޑީއެފުން އަތުލައިގެންފި އެވެ.
އެމްއެންޑީއެފުން ބުނީ އެ ބޯޓް ހުއްޓުވާ އަތުލާފައި ވަނީ ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގެ ތެރޭގައި ގާނޫނާއި ހިލާފަށް މަސްވެރިކަން ކުރަމުން ދަނިކޮށް ކަމަށެވެ.
އެ ބޯޓު މިހާރު ވަނީ ކޯސްޓްގާޑް ބެލުމުގެ ދަށުން ހުޅުމާލެ ފަޅަށް ވައްދާފައެވެ.
މިއީ ކޮން ގައުމެއްގެ ބޯޓެއްކަން އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.