ފ. އަތޮޅުގެ ފިލިތެޔޮ ކައިރިން ކަނޑު އަޑިއަށް ފައްތާފައި ހުޓާ ނަގާފައިވަނީ 45 ކިލޯގެ މަސްތުވާތަކެތި ކަމަށް ފުލުހުން ބުނެފިއެވެ.
ފިލިތެޔޮ ކައިރިން ކަނޑަށް މަސްތުވާތަކެތި ފައްތާފައިވާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެ ސަރަހައްދުގައި ފުލުހުން އޮޕަރޭޝަނެއް ފަށާފައިވަނީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުއެވެ.
ފުލުހުން ބުނީ ފިލިތެޔޮ ކައިރިން ކަނޑު އަޑިއަށް މަސްތުވާތަކެތި ފައްތާފައިވާކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހިންގި އޮޕަރޭޝަން މިހާރު ނިންމާލާފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަންގައި 45 ކިލޯގެ ހެރޮއިން ނަގާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން މި މައްސަލައިގަ އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.