މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލީ ގަވައިދާ ހިލާފަށް ގޯސްކޮށް ކަމަށް އެޕާޓީން ބުނެފިއެވެ.
އެމްއާރްއެމްގައި މެމްބަރުން ހަމަނުވާތީ ދެ ފަހަރެއްގެ މަތިން ނޯޓިސް ފޮނުވުމަށްފަހު އިސީން މިއަދު ވަނީ އެ ޕާޓީ އުވާލައިފައެވެ.
އިލެކްޝަނުން އެމްއާރްއެމް އުވާލުމާ ގުޅިގެން އެ ޕާޓީގެ ރައީސް ދަރިކަލުން ފާރިސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އީސީގެ އެ ނިންމުމަކީ ކޮރަޕްޝަންގެ ނާޖާއިޒު ނުފޫޒު އެކުލެވިގެން، ގާނޫނީ ތަރަހައިން ބޭރުން ނިންމަވާފައިވާ، ޒިންމާދުރުކަން ކުޑަ ނިންމުމެއް ކަމަށެވެ.
އަދި އެކަމުން އަންގައިދެނީ، ގައުމުގައި ފަސާދަ އާއި ކޮރަޕްޝަންގެ ވަކި ހިތްޕާލާފައިވާ މިންވަރު ކަމަށާއި ގައުމުގައި ގާނޫނު ހިންގުމަށް ނުކުޅެދިފައިވާ މިންވަރު ކަމަށް ފާރިސް ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން، ޕާޓީއެއް ހިންގުމަށް އެންމެ މަދުވެގެން 3000 މެންބަރުން ބޭނުންވެއެވެ.
އިލެކްޝަންސްގެ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން ތިބީ 2900 މެންބަރުން ތިއްބެވެ.
އެމްއާރުއެމްއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި ތިން ވަނަ ސިޔާސީ ޕާޓީއެވެ.