އުރީދޫ މޯލްޑިވްސް ޕަބްޖީ ޗެމްޕިއަންޝިޕްގެ ވައިލްޑް ކާޑު ރައުންޑުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އުރީދޫއިން ބުނީ، ވައިލްޑް ކާޑް ރައުންޑް ގައި ބައިވެރިވުމަށް ރަޖިސްޓަރވާން ބޭނުންވާ ފަރާތްތަކަށް 25 މޭ 2023 ގެ ކުރިން ރެޖިސްޓަރވެވޭނެ ކަމަށެވެ. ވައިލްޑް ކާޑް އަކީ 100،000ރ ފައިސާގެ އިނާމު ލިބޭ ޕަބްޖީ ޗެމްޕިއަންޝިޕް އަށް ކޮލިފައިވުމުގެ ފަހުގެ ފުރުސަތެވެ.

އުރީދޫއިން  ބުނީ، އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް ވައިލްޑް ކާޑް އަކީ ޖޫން މަހު ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ޕަބްޖީ ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދޭ އެންމެ ފަހުގެ ކޮލިފައިންގް ޓޯނަމަންޓް ކަމަށެވެ.

މީގެއިތުރުން، 26 މޭ 2023 ގައި ބާއްވަން ހަމަޖެހިފައިވާ  އެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 250 ރުފިޔާ ގެ އިތުރުން ޓީމް މެމްބަރުންގެ މައުލޫމާތްއާއި ޓީމް ލޯގޯ 25 މޭ 2023 ގެ ކުރިން ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންޖެހޭ ކަމަށްވެސް އުރީދޫއިން  ބުންޏެވެ.

މި މުބާރާތުގައި ޖުމްލަ 16 ޓީމުން ވާދަކުރާއިރު 9 ޓީމެއް މިހާރު ވަނީ މި މުބާރާތުން ޖާގަ ހޯދާފައެވެ. ވައިލްޑް ކާޑުގައި ވާދަ ކުރާ ޓީމުތަކުގެ ތެރެއިން އެންމެ ގަދަ 7 ޓީމަކަށް ބާކީ ހުރި ޖާގަ ލިބިގެންދާނެ ކަމަށް އުރީދޫއިން ބުންޏެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *