ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލަށް އުފައްދަވާ ޕާޓީ ކަމަށްވާ 'ދަ ޑިމޮކްރެޓްސް' ޕާޓީ އުފައްދަން ހުއްދަދީފިއެވެ.
ފިކުރެއްގެ ދިރުމަށް ނިސްބަތްވާ މެމްބަރުންގެ އެ ޕާޓީ ހެދުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަދީފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އީސީއަށް ހުށަހަޅާފައި ވަނީ މިދިޔަ އާދިއްތަ ދުވަހު، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފުގެ ނަމުގައެވެ.
ދަ ޑިމޮކްރެޓްސް ޕާޓީ އުފައްދަން ހުއްދަ ލިބުމާއިއެކު 000 މެންބަރުން ހަމަކުރަން ތިން މަސް ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. މެންބަރުން ހަމަކޮށް، އީސީއަށް ހުށަހެޅުމުން ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުމަށް ހުއްދަ ދޭނެއެވެ.