ފިލްމު "އޯމް ޝާންތި އޯމް" އަދި ޑްރާމާ ސީރީޒް "އަނުޕަމާ" އިން މަޝްހޫރުވި ތަރި ނިތޭޝް ޕާންޑޭ މަރުވެއްޖެއެވެ.
ނިތޭޝް ހާޓްއެޓޭކެއް ޖެހިގެން މިއަދު މަރުވެފައިވާއިރު، މަރުވިއިރު އުމުރަކީ 51 އަހަރެވެ. ހާޓްއެޓޭކެއް ޖެހިގެން ހާލު ދެރަވެފައިވަނީ ޝޫޓިންއެއްގެ މަސައްކަތް ކުރަނިކޮށެވެ.
ނިތޭޝް މަރުވެފައިވާއިރު، އޭނާ މަރުވި ހަބަރު ވަނީ ޕްރޮޑިއުސަރު ސިދާތު ނަގަރު ޔަގީން ކޮށްދީފައެވެ.
ނިތޭޝް އަކީ ވަރަށް ގިނަ ޑްރާމާތަކާއި ފިލްމުތައް ވެސް ކުޅެފައިވާ އެކްޓަރެކެވެ. އޭގެތެރޭގައި "ދަބަންގް"އަދި "ހޯސްލާ ކާ ގޯސްލާ" ހިމެނެއެވެ.