ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރައްވަމުން ގެންދެވި 12 ބޭފުޅުން އެ ޕާޓީން ވަކިވެފައިވާކަން މަޖިލީހަށް އިއްޔެ އެންގުމާއި ގުޅިގެން މެންބަރުން ބެހިފައިވާ ގޮތާއި ކޮމިޓީތަކަށް ގެންނަން ޖެހޭ ބަދަލުތަކާއި މެދު ބައެއް ސިޔާސީ ޕާޓީތަކާއި އެކު އެއްބަސްވުމަކަށް ނާދެވުނު ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވެއްޖެއެވެ.

މިއަދު ކުރިަޔަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މިކަމާއި ގުޅޭ އެއްބަސްވުމެއް އަދި ޕާޓީތަކުގެ ފަރާތުން ނުލިބޭ ކަމަށެވެ.

މަޖިލީހުގައި މެންބަރުން ބެހިފައިވާ ގޮތަށް ބަދަލު ގެނައުމަށްޕާޓީތަކަށް ލިބޭ ބަހުސްގެ ވަގުތު ކަނޑައެޅުމާއި ކޮމިޓީތަކަށް ގެންނަން ޖެހޭ ބަދަލުތަކާއި ގުޅޭ އެއްބަސްވުމަކަށް ޕާޓީތަކަށް އާދެވިފައި ނުވާތީ އަލުން މިއަދު ޕާޓީތަކާއި އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *