ރައީސް މުހައްމަދު ނަޝީދު | ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ވަކި ނުކުރެވޭނެ ކަމަށް މަޖީލީސް ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އިއްޔެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބުދުﷲ ގެ އިތުބާރުނެތްކަމަށް ކަނޑައަޅާ މަޖިލީހުގެ ނައިބު ރައީސް ކަމުން ވަކިކުރަން އެމްޑީޕީގެ 50 މެންބަރުން ސޮއިކުރައްވާ ހުށަހެޅުއްވި މައްސަލައާއި ގުޅިގެންނެވެ.

ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ޕީޖީ ގްރޫޕަށް ފޮނުއްވި މެސެޖެއްގައި އެކަމާއި ހިތްހަމަ ނުޖެހުން ފާޅުކުރައްވާފައެވެ. އެ މެސެޖްގައި ވިދާޅުވެފައިވަނީ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް، އެމްޑީޕީގެ ޕީޖީ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަސްލަމް އަދި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) ބޭނުންފުޅުވިޔަސް މަޖިލީސް ރައީސް ކަމުން އެމަނިކުފާނު ވަކި ނުކުރެވޭނެ ކަމަށެވެ.

އަދި މެންބަރު ނިޔާޒް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ބިރު ދައްކަވާ ކަމަށާއި، އެ ކުރައްވާ ކަންކަން ހަނދާނުގައި ބެހެއްޓެވުމަށްވެސް ނަޝީދުގެ މެސެޖްގައި ލިޔުއްވާފައިވެއެވެ.

ނިޔާ ތިކުރައްވާ ކަންކަން ހަނދާނުގައި ބަހައްޓާތި، ދޭލިޔާގެ މުހައްމަދުބެގެ ދަރި ތިޔަ އެއްލާލަނީ"

ހަމަ އެ ގުރޫޕަށް ފޮނުއްވި މެސެޖެއްގައި މެންބަރު ނިޔާޒް ވިދާޅުވެފައިވަނީ ރައީސް ސޯލިހަށް ބިރުނުދައްކާ ކަމަށާއި، އޭނާ އަކީ ވަރަށް ޑިމޮކްރެޓިކް މީހެއް ކަމަށެވެ. އަދި ތަބާވަނީ މެޖޯރިޓީއަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" ހަރަކާތަށް ތާއިދު ކުރެއްވި 12 މެންބަރުން ވަނީ އެމްޑީޕީން ވަކިވެ އަލަށް އުފެއްދި ޕާޓީ، "ދަ ޑިމޮކްރެޓްސް" އާއި ގުޅިވަޑައިގެންފައެވެ. އެހެންނަމަވެސް ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފައެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *