އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް މާލީ އެހީ ދޭ ޕްރޮގްރާމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމެންޓުން ކޮށްފައިވާ އިއުލާނެއްގައި ބުނީ، އިއުލާނު ނަންބަރު (IUL)101/1/2023/102 ގައިވާ ފޯމު ހުށަހެޅުމުގެ ސުންގަޑި 30 ޖޫން 2023 އަށް ވަނީ އިތުރުކޮށްފައި ކަމަށެވެ.
ކޮވިޑް- 19 އާ ގުޅިގެން އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމުގެ ފުރަތަމަ އަދި ދެވަނަ ބުރު ނިމި، ތިންވަނަ ބުރަކަށް ފޯމު ހުށަހެޅުމަށް 16 އޭޕރީލް 2023 ގައިވަނީ ހުޅުވާލާފައެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމުގެގޮތުން އިއްޔެ ފޯމް ހުށަހެޅުމަށް ހުޅުވާލި ދާއިރާތަކަކީ ފަރުމަސްވެރިކަން (30 ފޫޓުން ދަށުގެ އުނޅަދުގެ ވެރިފަރާތްތަކަށް ޚާއްޞަ)، އިލެކްޓްރިކަލް ވަޔަރިންގް އަދި މެއިންޓަނަންސް އަދި ވެލްޑިންގ އަދި ކާޕެންޓްރީގެ މަސައްކަތެވެ.
މި ޕްރޮގްރާމުގެ ތަފްސީލާއި، ހަމަވާންޖެހޭ ޝަރުތުތަކާއި ފައިސާގެ އެހީދެވޭ އަދަދު އަދި ދެވޭނެގޮތްތައް ކަނޑައަޅައި މިނިސްޓްރީން އަމަލު ކުރާނެ އުސޫލު ޖޮބް ސެންޓަރ ވެބްސައިޓުގައި ޝާއިޢު ކުރެވިފައިވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ހުޅުވާލެވުނު އެހީގެ ޕްރޮގްރާމްއަށް ދާއިރާތަށް އިތުރުކުރެވި އެޕްލިކޭނޝަން ފޯމް ހުށަހެޅުމުގެ މުއްދަތު 30 ޖޫންގެ ނިޔަލަށް މިހާރު ވަނީ އިތުރުކުރެވިފައި.
ފޯމް ހުޅަހެޅުމަށް https://t.co/mGOctTjc3U އަށް ޒިޔާރަތްކޮށްލައްވާ.https://t.co/axVyAy1tfN pic.twitter.com/iHism3GoaX
— Economy & Trade (@MoEDmv) May 23, 2023
މި އެހީ އަށް އެދުމަށްޓަކައި އެޕްލިކޭޝަން ހުށަހަޅާނީ މިނިސްޓްރީގެ ޖޮބް ސެންޓަރ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ.