ހައްޖާޖީން ހައްޖުގެ އަޅުކަމަށް ފުރަނީ

ރާއްޖެއިން މިއަހަރު ހައްޖަށް ފުރާ މީހުން އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހުން ފެށިގެން ފުރުމަށް ތައްޔާރުވެއްޖެ އެވެ.

ހައްޖު ކޯޕަރޭޝަނުން ވަނީ އެ ގުރޫޕްގެ ހަވާލުގައި ހައްޖަށްދާ މީހުން އަންނަ މަހުގެ 12 އިން ފެށިގެން ފުރަން ފަށާނެ ކަމަށް ބުނެފައެވެ. އެގޮތުން އެކުންފުނީގެ ހަވާލުގައި ހައްޖަށްދާ މީހުންގެ އެންމެ ފަހު ގުރޫޕު ފުރާނީ ޖޫން 19 ވަނަ ދުވަހުއެވެ.

ރާއްޖެއިން މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ސަރުކާރުން ހުއްދަ ދީފައިވަނީ އަމިއްލަ ތިން ކުންފުންޏަކަށާއި ހައްޖު ކޯޕަރޭޝަނަށެވެ. މިފަހަރު ހައްޖަށް މީހުން ގެންދާ އަމިއްލަ ކުންފުނި ތަކަކީ ހަރަމައިން، ސިސިލްފަރު އަދި އަލްމަނާސިކުއެވެ.

ހަރަމައިން ގުރޫޕްގެ ހަވާލުގައި ހައްޖަށްދާ 87 މީހުން ފުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 16 ވަނަ ދުވަހުއެވެ. ސިސިލްފަރު ގުރޫޕްގެ ހަވާލުގައި ހައްޖަށް ދާ 87 މީހުން އަންނަ މަހުގެ 13 ވަނަ ދުވަހު ފުރާއިރު އަލްމަނާސިކް ގުރޫޕްގެ ހަވާލުގައި ހައްޖަށްދާ 85 މީހުން ފުރުމަށް  އަންނަމަހުގެ 15 ވަނަ ދުވަހު ފުރާނެއެވެ.

ރާއްޖެއިން މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ސައުދި އަރަބިއްޔާ އިން ދީފައިވަނީ 1000 ކޯޓާ އެވެ. ސަރުކާރުން ހުއްދަ ދީފައިވާ ކޮންމެ ކުންފުންޏަކަށް މިއަހަރު ދީފައިވަނީ 90 ކޯޓާ އެވެ. ބާކީ ހުރި ކޯޓާތައް ދޭން ނިންމާފައިވަނީ ހައްޖު ކޯޕަރޭޝަނަށެވެ.

ހައްޖުވެރިން ފުރުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށްޓަކައި ނައިބް ރައީސް ފައިސަލް ނަސީމު އިސްވެ ހުންނަވައިގެން ކަމާ ގުޅޭ ހާއްސަ ކޮމިޓީއެއްވެސް ސަރުކާރުން މިހާރު ވަނީ އެކުލަވާލާފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *