6 ރަށެއްގައި ކުޅިވަރު ވަސީލަތްތައް ގާއިމުކުރަން ކޮންޓްރެކްޓަރުންނާއި އެކު ސޮއި ކޮށްފިއެވެ.
ޔޫތު މިނިސްޓްރީން މިއަދު ސޮއި ކޮށްފައިވަނީ ހދ.ނޮޅިވަރަމާއި، ހދ.ހަނިމާދޫއާއި، ގއ.ދާންދޫއާއި، ލ.ގަން މަތިމަރަދޫއާއި، ފ.ބިލަތްދޫ އަދި މާއެނބޫދޫގައި ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށެވެ.
މި މަޝްރޫއުގެ ދަށުން ނޮޅިވަރަމާއި ދާންދޫ އަދި ހަނިމާދުގެ ފުޓްބޯޅަ ދަނޑުގައި ލައިޓް ސިސްޓަމް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން، ބިލެތްދޫ އަދި މާއެނބޫދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ގަން މަތިމަރަދޫގައި މި މަޝްރޫއުގެ ދަށުން އައުޓްޑޯ ވޯލީކޯޓެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެ އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަހުމަދު ފުއާދުއެވެ. އަދި، އާރުޖީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ، ޑިރެކްޓަރ އަހުމަދު އާސިފްއެވެ.