ރައްޔިތުންގެ މަޖިލިސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރާޖެއިން ޗައިނާއަށް އާ ސަފީރަކު ހަމަޖެއްސުމަށްޓަކައި،  ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ޗައިނާގެ ބަދަލުގައި އޮޅިގެން ޓައިވާންގެ ނަން ޖެހިފައިވާތީ، އެ ކުށް ރަނގަޅުކޮށް ރައްޔިތުންގެ މަޖިލީހަށް އަލުން ސިޓީ ފޮނުއްވައިފިއެވެ.

ރައީސް ސޯލިހު ސޮއިކުރައްވައި މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ލިޔެފައިވަނީ، ރިޕަބްލިކް އޮފް ޗައިނާއަށް ސަފީރަކު ކަނޑައެޅުމަށް ނަމަވެސް، އެ ސިޓީގައި އޮންނަން ޖެހެނީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެވެ. ހަމައެކަނި ރިޕަބްލިކް ޗައިނާއޭ ބުނެފި ނަމަ އެ ނަން ނިސްބަތް ވަނީ ޓައިވާނަށެވެ.

ރައީސް ސޯލިހުގެ އެ ސިޓީފުޅާ ގުޅިގެން ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވެންގް ލިޒިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެކަމާ ގުޅިގެން ސަރުކާރުން މައާފަށް އެދިފައިވާ ކަމަށެވެ. ގައުމުގެ ނަން ޖެހުމުގައި ކަން ހިނގި ގޮތް ފޮރިން މިނިސްޓްރީން ސާފުކޮށްދީފައިވާ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

އެ ސިޓީފުޅު އިސްލާހުކޮށް މަޖިލީހަށް އަލުން ފޮނުއްވުމުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ފޮނުވައިފައެެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *