ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ހާޓު އެޓޭކެއް ޖެހިގެން ނިޔާވި ގދ.ހޯނޑެއްދޫ، އަބްދުﷲ ރަޝީދުގެ މައްސަލައިގައި ފުލުހުންގެ އިހުމާލެއް ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު އަބްދުﷲ މަރުވީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރުމަށް ފަހު ގދ. ހޯނޑެއްދުއިން އެހެން ރަށަކަށް ގެންދިއުމަށް ލޯންޗަކަށް އަރުވާފައި ހުއްޓާ މެޔަށް ތަދެއް އަރައިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޑަވެލި ދާއިރާ މެންބަރު ހުސައިން ފިރުޝާން ވަނީ ބުރާސްފަތި ދުވަހު އެ މަރަށް ހަ މަސް ފުރޭއިރު ތަހުގީގުން ކުރެވިފައިވަނީ ކޮން ކަމެއްތޯ ސުވާލު ކުރައްވައިފައެވެ. ފިރުޝާންގެ ސުވާލަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ މި މައްސަލައިގައި ޔަގީން ކުރަން ބޭނުންވީ އޭނާ މަރުވުމުގައި ފުލުހުންގެ ސީދާ އަމަލެއް އޮތްތޯއެވެ.

މިނިސްޓަރު  ވިދާޅުވީ،  ރަޝީދު މަރުވުމުގައި ފުލުހުންގެ ސީދާ އަނިޔާއެއް އޮވެގެން ނުވަތަ ގަސްދުގައި އިހުމާލެއް އޮވެގެން އެކަން ކުރި ކަމަށް ސާބިތުވާނެ އެއްވެސް ހެއްކެއް ނެތްކަމަށެވެ.

އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތް ކަމަށް ބެލެވޭތީ އެ މައްސަލަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ތަހުގީގު ކުރިއިރު، އޭނާގެ ޕޯސްމޯޓަމް ހަދާފައިވަނީވެސް އާއިލާގެ ނުރުހުމުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *