ހުޅުމާލެ އަކީ ތިމާވެއްޓާއި ރައްޓެހި އަދި ފެހި ތަނަކަށް ހެދުމަށް އަރބަންކޯއިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އިންދާފައިވާ ބައެއް ގަސްތައް ބަދަލުކުރަމުންދާ ކަމަށް އާބަންކޯއިން ބުނެފިއެވެ.

އޭގެ ތެރެއިން ކަނޑަމުން އަންނަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހައްދާފައިވާ ބޮޑު ފިތުރޯނުގަސްތަކެވެ. މި ގަސްތައް ކެނޑިކަމުގައި ވީނަމަވެސް، މި ގަސްތަކުގެ ބަދަލުގައި ހަމަ އެތަނުގައި މި ކުންފުނީގެ ފަރާތުން އަންނަނީ ގަސް އިންދަމުންނެވެ. އެގޮތުން ބައެއް ސަރަހައްދުތަކުން ފިތުރޯނު ގަސްތައް ކަނޑާފައި ވާނީ ވެސް ކޮންމެ ދެ ފިތުރޯނު ގަހެއްގެ މެދުގައި ހަމަ އެގޮތަށް ހެދޭނެ އެގްޒޯޓިކް ޕްލާންޓެއް ހެއްދުމަށް ފަހުގައެވެ. ފިތުރޯނު ގަސްތައް ކަނޑާއިރުވެސް މި ކުންފުނިން މަސައްކަތް ކުރަނީ އޭގެ ސަބަބުން ތިމާވެއްޓަށް ގެއްލުމެއް ނުލިބޭނެ އަދި ހުޅުމާލޭގެ ފެހި ކަމާއި، ހިތްފަސޭހަކަން ނުގެއްލޭނެ ގޮތަކަށް އެކަން ކުރުމަށެވެ.

މި މަސައްކަތް މިހާރު ގޮސްފައިވާ ހިސާބަށް ބަލާއިރު، ނިރޮޅުމަގުގައި ހުރި ހުރިހާ ފިތުރޯނުގަސްތަކުގެ ބަދަލުގައި އެހެން ގަސްތައް ޖަހައި ފިތުރޯނު ގަސްތައް މިހާރު ވާނީ ކަނޑާފައެވެ. އަދި ފިތުރޯނު މަގުގެ އެއްބައިގައި ވެސް ހަމަ އެ މަސައްކަތް ވަނީ ނިމިފައެވެ. މި މަސައްކަތް ޕްލޭން ކުރެވިފައިވާގޮތުން ކުރިއަށް އޮތް 3 އަހަރު ތެރޭގައި މުޅި ހުޅުމާލެއިން ފިތުރޯނުގަސްތައް ކަނޑައި އެހެން ގަސްތައް އިންދާ ބޮޑުކުރެވޭނެއެވެ.

ފިތުރޯނުގަސް ޖެހީ ކީއްވެ؟
ހުޅުމާލެ އަލަށް ތަރައްގީކުރެވިގެން އައި އިރު މިތަނަކީ ހިއްކާފައިވާ ވެލިގަނޑެކެވެ. ބިން ވަރުގަދަ ކުރުމަށް ކުރަން ޖެހޭނެ ގިނަ ކަންތައްތަކެއް ހުރި އިރު، ފިތުރޯނުގަސް ހުޅުމާލޭގެ ހުރިހާ ސަރަހައްދެއްގައި ޖެހުމަކީ އެކަމަށްޓަކާ ކުރެވުނު ކަމެކެވެ. އެގޮތުން ފިތުރޯނުގަހުން ވާ ބައެއް ފައިދާތަކަށް ބަލާއިރު، ބާރު ވައިން ރަށް ސަލާމަތްކުރުމާއި، މޫލައި އަވަހަށް ހެދިގަންނަ ގަހަކަށް ވާތީ ފަސްގަނޑު ވަރުގަދަވުމާއި، ހިޔާވުން ފަދަ ކަންކަން ހިމެނެއެވެ.
އޭރު ގަސްތައް އިންދި އިރު ވެސް ހުޅުމާލޭގެ ގްރީނިން ޕްލޭން އޮތީ މިހާރު މި އިމްޕިމެންޓް ކުރެވޭ ގޮތަށެވެ. އެގޮތުން ގްރީނިންގ ގެ ފޭސް 1 ގައި ފިތުރޯނުގަސްތައް ޖަހައި ވަކި ވަރަކަށް އެ ބޮޑުވެ ރަށް ތަރައްގީވެ އާބާދުވުމުން އެ ގަސްތައް ބަދަލުކުރުމަށެވެ. އަދި މިހާރު އެ ގަސްތައް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާއިރު އެއީ މި ޕްލޭންގެ ފޭސް 2 އެވެ.

ގަސް ކަނޑަނީ ކީއްވެ؟
ފިތުރޯނު ގަސްފަދަ ބޮޑު ހިޔާވާ ގަސްތައް އިންދުމުގެ ފައިދާތަކެއްވީ ނަމަވެސް، އޭގެ ސަބަބުން ވާ ގެއްލުންތައް ވެސް އެބަހުއްޓެވެ. އެގޮތުން މިފަދަ ބޮޑުކޮށް ހެދޭ ގަސްތަކަކީ ވަރަށް ޖާގަ ބޮޑު ހުސް ސަރަހައްދުތަކުގައި ހެއްދޭ ކަހަލަ ގަސްތަކަށްވާއިރު، ހުޅުމާލެ ތަރައްގީވަމުން އައިއިރު، މަގުތައް ހެދުމާއި، އިމާރާތްތައް ހެދުމުގެ ސަބަބުން ފިތުރޯނު ގަސްތައް ހެއްދިފައި ހުރި އާންމުންނާ ގާތުން މިފަދަ ސަރަހައްދުތަކުގައެވެ. ހުޅުމާލޭގެ މަގުތަކަކީ ތާރު އަޅައިގެން ހަދާފައިވާ މަގުތަކަށްވާއިރު، ހުޅުމާލޭގައި މިހާރު ފިތުރޯނު ގަސްތައް އިންދާފައިވަ ސަރަހައްދުތަކުން އޭގެ ސަބަބުން ވާ ގެއްލުންތައް އަންނަނީ ފެންނަމުންނެވެ.

އެގޮތުން އެ ސަރަހައްދުތަކުގެ މަގު ހަލާކުވެ ތާރުގަނޑު ކަނޑައިގެން ދިއުމާއި، ޕޭމަންޓުތަކުގެ ގައުތައް ވެސް ނެގި މަގުގެ ބޭނުންކުރުން ދަތިވާކަން ވަނީ ފާހަގަވެފައެވެ. ކުންފުނީގެ ފަރާތުން ގަސްތައް ކެނޑުމުގައި ބޮޑަށް ބަލަނީ އެފަދަ ސަރަހައްދުތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށެވެ. އަދި މި ގަސްތައް ކެނޑިކަމުގައިވީ ނަމަވެސް، އޭގެ ސަބަބުން ހުޅުމާލެ އަށް ލިބޭ އެއްވެސް ފައިދާއެއް ނުގެއްލޭނެ ގޮތަށް އިތުރު ގަސްތައް ކުންފުނީގެ ފަރާތުން އަންނަނީ އިންދަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *