ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ތާރީޚް އެކަމަށް ހެކިވާނެ ފަދަ ނަމޫނާ ވެރިއެއް ކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހަކީ ހިތްތިރި، ކެތްތެރި، އޯގާތެރި، ހެޔޮލަފާ، ރައްޔިތުން ދެކެ ލޯބިވާ ވެރިއެއް ކަމަށެވެ.
"ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަކީ ދިވެހިރާއްޖޭގެ ތާރީޚު އެކަމަށް ހެކިވާނެ ފަދަ ނަމޫނާ ވެރިއެއް."
ހިތްތިރި، ކެތްތެރި، އޯގާތެރި، ހެޔޮލަފާ، ރައްޔިތުން ދެކެ ލޯބިވާ ވެރިއެއް!
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަކީ ދިވެހިރާއްޖޭގެ ތާރީޚު އެކަމަށް ހެކިވާނެ ފަދަ ނަމޫނާ ވެރިއެއް! @ibusolih #Ibu2023 #RaajjeDhathuru #MDPKuriah pic.twitter.com/juWjuwhDCz
— Abdulla Shahid (@abdulla_shahid) May 20, 2023
ރައީސް ސޯލިހަށް ތައުރީފް ކުރައްވާ މިފަދަ ޓްވީޓެއް ޝާހިދު ކުރައްވާފައިވާއިރު، ރައީސް ސޯލިހްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލިހަށް ވެއްދުމަށް އިދިކޮޅުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވަނީ މަޖިލިހަށް ވައްދާފައެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާއިރު އެ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންނެވި އެ ޕާޓީގެ ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ހަރަކާތްތައް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފޯރިއާއެކު ދަނީ ކުރިއަށެވެ.