އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މުވައްޒަފުންނަށް، ބޭސިކް ފަޔަރ އެވެއަރނަސް ޓްރެއިނިންގއެއް ހިންގައިފިއެވެ.

ކ.ވިލިމާލޭގައި ހުންނަ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގައި 2023 މެއި 20 ވަނަ ދުވަހު ހިންގި މި ޓްރެއިނިންގގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ 25 މުވައްޒަފުން ބައިވެރިވިއެވެ.

މި ޓްރެއިނިންގގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތާއި، އަލިފާނުގެ ބައިތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، ފަޔަރ އެކްސްޓިންގުއިޝަރ އަދި ފަޔަރ ބްލޭންކެޓް ބޭނުން ކުރާނެ ގޮތް ހިމެނެއެވެ.

މި ޓްރެއިނިންގގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގެ ފަޔަރމަނުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *